އިންޑިއާގައި 1 ބިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 ވެކްސިން ޖަހައިފި

Thu, 21 Oct 2021 10:41 AM

View on this article on Zaviyani.mv

އިންޑިއާގައި 1 ބިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 ވެކްސިން ޖަހައިފި

އިންޑިއާގައި 1 ބިލިއަނަށްވުރެ ގިނަ މީހުން ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް-19) ވެކްސިން ޖަހައިފި އެވެ.

އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި ވެކްސިން ޖެހި މީހުންގެ އަދަދު 1 ބިލިއަނަށް އެރީ މިއަދު ހެނދުނު 10 ޖަހަން ގާތްވެފައި ވަނިކޮށްނެވެ.

އިންޑިއާ ސަރުކާރުން ބުނާގޮތުގައި މި އަދަދާއެކު، އެގައުމުގެ ވެކްސިން ޖަހަންޖެހޭ އާބާދީގެ %75 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރެވިފައިވާކަމަށެވެ. އިންޑިއާގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ވެކްސިން ޖަހަންޖެހޭ އުމުރުގެ 944 މިލިއަން މީހުންނަށް ވެކްސިން ޖަހާ ނިންމުމަށެވެ.

ADVERTISEMENT

1 ބިލިއަން ޑޯޒް ވެކްސިން ފުރިހަމަކުރެވުމާއި ގުޅިގެން އިންޑިއާގައި މިއަދު ދަނީ އެކި ފެންވަރުގައި މިކަން ފާހަގަކުރަމުންނެވެ.

 



More from Zaviyani.mv