ކޮންޑޯ އެއަލައިނާ ގުޅިގެން ރާއްޖެ ޕްރޮމޯޓްކުރަން ކެމްޕޭނެއް ފަށައިފި

Thu, 21 Oct 2021 12:58 PM

View on this article on Zaviyani.mv

ކޮންޑޯ އެއަލައިނާ ގުޅިގެން ރާއްޖެ ޕްރޮމޯޓްކުރަން ކެމްޕޭނެއް ފަށައިފި

ރާއްޖެ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް ފަށައިފި އެވެ.

ވިޒިޓް މޯލްޑިވްސް އިން، ކޮންޑޯ އެއަރލައިނާ ގުޅިގެން ފެށި މިކެމްޕޭނަކީ ޖަރުމަންގެ ދަތުރުވެރިންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ގޮތުން ފެށި ކެމްޕޭނެކެވެ.

ވިޒިޓް މޯލްޑިވްްސް އިން ބުނީ 6 މަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ކެމްޕޭންގެ ހަރަކާތްތަކުގެ ސަބަބުން، ޖަރުމަންގެ ގިނަ މީހުންގެ މެދުގައި ރާއްޖެ މަގުބޫލުވެގެންދާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން 2.5 މިލިއަން މީހުން ޝައުގުވެރިކުރެވޭނެކަމަށް ލަފާކޮށްފައި ވެއެވެ.ކެމްޕޭންގެ ހަރަކާތްތަކުގެ ތެރޭގައި، ކޮންޑޯ އެއަރލައިންގެ ސޯޝަލް މީޑިއާތައް މެދުވެރިކޮށް ކޮންޓެންޓް ޖެނެރޭޓްކޮށް، ވެބިނަރތައް ބޭއްވުން ހިމެނެއެވެ. އަދި ނިއުސްލެޓަރރައް ރިލީޒްކުރުމުގެ އިތުރުން ޔޫޓިއުބް ވީޑީއޯތަކާއި، ލާރި ދީގެން އިޝްތިހާރު ޖެހުމަށްވެސް ވަނީ ނިންމާފަ އެވެ.

ADVERTISEMENT

ޖަރުމަނަކީ ރާއްޖެއަށް މިހުންމު މާކެޓެެކެވެ. މިއަހަރުވެސް ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޖަރުމަނުންނެވެ.

ކޮންޑޯ އެއަރލައިނަކީ ޖަރުމަންގެ އެންމެ ބިޔަ އެއަރލައިންތަކުގެ ތެރޭގައި ހިމެނޭ އެއަރލައިނެކެވެ. ދުނިޔޭގެ 90 މަންޒިލަކަށް އަހަރަކު 9.4 މިލިއަން މީހުން އެ އެއަރލައިނުން އުފުލަ އެވެ.



More from Zaviyani.mv