މެދުއިރުމަތީގެ މީޑިއާ ޓީމެއް ރާއްޖެ ގެނެސްފި

Thu, 21 Oct 2021 12:43 PM

View on this article on Zaviyani.mv

މެދުއިރުމަތީގެ މީޑިއާ ޓީމެއް ރާއްޖެ ގެނެސްފި

ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް މެދުއިރުމަތީގެ މީޑިއާ ޓީމެއް ރާއްޖެއަށް އައިސްފި އެވެ.

މެދިއިރުމަތީގެ ޓްރެވެލް އެންޑް ޓޫރިޒަމް މެގަޒިންކަމަށްވާ ޓީޓީއެން، އަލް-ޕްރެސް، އަލް ބަޔާން އަދި ޓްރެވްލް ޓްރެންޑްޒް އިންޓަނޭޝަނަލްގައި މަސައްކަތްކުރާ ނޫސްވެރިންނާއި، އެޑިޓަރުންނާއި، ފީޗަރ ލިޔުންތެރިން މި ޓީމުގައި ހިމެނެއެވެ.

މި ޓީމް 5 ދުވަހު ރާއްޖޭގައި މަޑުކުރަން ހަމަޖެހިފައި ވާއިރު، ޓީމުން ހަރަކާތްތެރިވާނީ ހުރަވަޅި އައިލޭންޑް ރިސޯޓް އެންޑް ސްޕާ، ކަގި މޯލްޑިވްސް އަދި ދަ ވެސްޓިން މޯލްޑިވްސް މިއަރިއަންދޫ ރިސޯޓުގަ އެވެ. ރާއްޖޭގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މުއްދަތުގައި ކުރަމުން އަންނަ ގިނަ ކަންކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު މި ޓީމަށް ލިބިގެންދާނެ އެވެ.

ADVERTISEMENT

މި ޓީމު އެނބުރި ގައުމަށް ދިއުމަށްފަހު އެ މީހުން މަސައްކަތް ކުރާ ނޫސްތަކުގފައި ރާއްޖެއާ ބެހޭ ލިޔުންތައް ޝާއިއުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން 4 މަސްވަންދެން އެކި ޕްލެޓްފޯމްތަކުގައި ރާއްޖޭގެ މައުލޫމާތުތައް އިނގޭފަދަ ލިޔުންތައް ގެނެސްދޭނެއެވެ.

މެދިއިރުމަތީގެ މީޑިއާ ޓީމަކަށް ޚާއްސަކޮށްގެން މިފަދަ ފެމިލަރައިޒޭޝަން ޕްރޮގުރާމެއް ބޭއްވީ، މެދުއިރުމަތީގެ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.



More from Zaviyani.mv