ވިއްސާރަވެ، އިންޑިއާއާއި ނޭޕާލުން 150 މީހުން މަރުވެއްޖެ

Thu, 21 Oct 2021 10:56 AM

View on this article on Zaviyani.mv

ވިއްސާރަވެ، އިންޑިއާއާއި ނޭޕާލުން 150 މީހުން މަރުވެއްޖެ
ADVERTISEMENT

އިންޑިއާ އާއި ނޭޕާލަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިމަތިވި ތަފާތި އެކި ހާދިސާތަކުގައި 150 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ޚަބަރުފަތުރާގޮތުގައި، އިންޑިއާގެ އުއްތަރުޚާންދް އަދި ކެރަލާ ސްޓޭޓަށާއި ނޭޕާލްގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމާއި، ކިސަޑު ފޭބުން ފަދަ ނުރައްކާތެރި ގިނަ ހާދިސާތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ވިއްސާރައިގައ ކުރިމަތިވި މިފަދަ ހާދިސާތަކުގައި މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އިންޑިއާއަށް ބަލާލާއިރު އުއްތަރުޚާންދުން 50 މީހުން، ކެރެލާއިން 39 މީހުން އަދި ނޭޕާލުން 77 މީހުން ވަނީ މަރުވެފަ އެވެ.

ވިއްސާރައިގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށްދާއިރު، ބިންތިރި ސަރަހައްދުތަކުގައި ތިބި މީހުން ސަލާމަތްތެރިކަމާއެކު ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތް އިންޑިއާ ވައިގެ އަސްކަރިއްޔާއާއި އެމަރޖެންސީ ރެސްޕޮންޒް ޓީމުތައް ގުޅިގެން ދަނީ ކުރަމުންނެވެ. އާންމު ބައެއް ޚިދުމަތްތައް ކެނޑި ގިނަ ބަޔަކު ޒަރޫރީ ބޭނުންތަކަށް ޖެހިފައިވާއިރު، އެކަންކަން ހައްލުކުރުމަށް ކަމާގުޅެ އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށްވެސް އިންޑިއާގެ އިސް މަސްއޫލުވެރިން ބުނެފައި ވެއެވެ.



More from Zaviyani.mv