އެޗްޑީސީއަށް ފައިސާ ނުދައްކާ މީހުންގެ ނަން އާންމުކުރަނީ

Mon, 21 Oct 2024 07:58 PM

View on this article on vNews

އެޗްޑީސީއަށް ފައިސާ ނުދައްކާ މީހުންގެ ނަން އާންމުކުރަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފައިސާދައްކާ ހުރި މީހުންގެ ނަންތައް އާންމުކުރަން އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.



އެޗްޑީސީން ނެރުނު އިއުލާނެއްގައި ވަނީ، އެ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ކޯޕަރޭޝަނަށް އެކި ވިޔަފާރިތަކުން ދައްކަން ޖެހި ނުދައްކައިވާ ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަން ނިންމާފައި ވާކަމަށް ބުނެފައެވެ.

އެގޮތުން އެޗްޑީސީން ވިޔަފާރި އުސޫލުން ދެމުންއަންނަ ޚިދުމަތްތަކާއި، ދޫކޮށްފައިވާ ތަންތަން އަދި ތަރައްޤީކުރާ ތަންތަނަށް ފައިސާ ނުދައްކާ ހުރި ފަރާތްތަކުން، މިހާރުން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށް އެ ފައިސާ ދައްކާ ޚަލާސްކޮށް، ކޯޕަރޭޝަނަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްކަން ޔަގީންކުރުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އަދި އެ މުއްދަތުގެތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިސްއެއް ދިނުމަށްފަހު، އެ ފަރާތްތަކުގެ މަޢުލޫމާތާއި ދައްކަން ޖެހޭ ފައިސާގެ ތަފްޞީލް އެޗްޑީސީގެ ވެބްސައިޓްގައި އާއްމުކުރާނެކަމަށް އެކުންފުނުން ވަނީ ބުނެފައެވެ.

އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް [email protected] މެއިލްކުރުމުން މަޢުލޫމާތު ސާފުކުރެވޭނެކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެޗްޑީސީއަށް ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ނަންތައް އާންމުކުރާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ހޯދުމާއި، ދަރަނި ކުޑަކުރުމަށް އެ ކުންފުނިތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން މަހުންމަހަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ބައެއް އިދާރާތަކުން މިހާރު ވެސް ހާމަކުރެއެވެ.



More from vNews