ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ

Mon, 21 Oct 2024 06:58 PM

View on this article on vNews

ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ



ތިލަދުންމަތީ އުތުރުބުރީ (ހއ) ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އިންޓަރނޭޝަނަލް ބިޑަށް ހުޅުވާލައިގެން އިކޯ ޓޫރިޒަމް ތަޢާރަފުކުރުމުގެ ގޮތުން އެރަށުގައު ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބިމުގައި ތަރައްގީކުރާނެ ޓޫރިސްޓު ހޮޓަލެކެވެ.

އެ ބިމުގެ ބޮޑުމިނަކީ 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) އަކަފޫޓެވެ.

އެ ބިމުގައި ފަތުރުވެރިކަމުގެ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެ ފުރުސަތު ހުޅުވާލިކަން ހާމަކުރީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލްގެ އިތުރުން، ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަލްފާޟިލް އަބްރާހީމް ޝުޖާއުގެ އިތުރުން، ޒޫމް މެދުވެރިކޮށް ކައުންސިލުގެ މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ.

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް، 28 އޮކްޓޯބަރުވާ ހޯމަ ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް، (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 05 ޑިސެމްބަރުވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 04 ޑިސެމްބަރުވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ޓުއަރިޒަމް މިސްޓްރީގެ އީމެއިލް، [email protected] އަށް މެއިލް ކޮށްގެން އެ މައުލޫމާތު ސާފުކުރެވޭނެއެވެ.



More from vNews