ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވަކަށް ހަދަނީ

Fri, 18 Oct 2024 11:21 AM

View on this article on vNews

 ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވަކަށް ހަދަނީ

ބަޔޮސްފިއާ ރިޒާވްއަކަށް ޅ. އަތޮޅު ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.



މިކަން ހާމަކޮށްފައި ވަނީ ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވީ ބަޔޮސްފިއާ ރިޒާވްއަކަށް ވާން ބޭނުންވާ އަތޮޅުތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވައިލުމުން އެކަމަށް ޝައުގުވެރިކަން މިހާތަނަށް ފާޅުކުރީ ޅ. އަތޮޅު ކައުންސިލުން އެކަނި ކަމަށާއި، އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން، ޔޫއެންޑީޕީން ހިންގާ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީން (ޖެފް) އިން މިހާރު ހަމަޖައްސާދީފައިވާ ކަމަށެވެ.

މިހާރު މިކަމަށް ބޭނުންވާ ފައިސާ ގްލޯބަލް އެންވަޔަރަމެންޓު ފެސިލިޓީން މިހާރު މިވަނީ ހަމަޖެހިފައި. އެހެންވީމަ [ރައީސްގެ ވައުދުފުޅާ އެއްގޮތަށް] ފުރަތަމަ ބަޔޮސްފިޔާ ރިޒާވް މިހާރު އެވަނީ ސެލެކްޓް ކުރެވި އިރާދަކުރެއްވިއްޔާ މަސައްކަތްތައް ފެށިގެން ދާނެ. މިހާރު އަންގަން ޖެހޭ ގޮތަށް އަތޮޅު ކައުންސިލަށް ވެސް މިހާރު ވާނީ އަންގާފައި"
އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގް

މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު ތިން ސަރަހައްދެއް ބަޔޮސްފިއާ ރިޒާވްއަކަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިގޮތުން ކަނޑައަޅާ ފުރަތަމަ ސަރަހައްދަކީ ޅ. އަތޮޅުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޔުނައިޓެޑް ނޭޝަން އެޑިއުކޭޝަން އެންޑް ސައެންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒެޝަން (ޔުނެސްކޯ)ކަނޑައަޅާ ބަޔޮސްފިއާ ރިޒާވްތަކަކީ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށާއި ބަޔޯޑައިވާސިޓީ ދެމެހެއްޓެނިވި ގޮތެއްގައި ދަމަހައްޓަން ކަނޑައަޅާ ކަނޑު އަދި ބިމުގެ އީކޯސިސްޓަމްތަކެވެ. ޔުނެސްކޯއިން ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ރާއްޖޭގައި ޙިމާޔަތް ކޮށްފައިވަނީ ޤުދުރަތީގޮތުން ހިތްގައިމު އަދި އެތަންތަނުގެ ބޭނުން އެކި ގޮތްގޮތައް ކޮށްގެން ނަފާ ހޯދޭނޭ ތަންތަނެވެ.

ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ތަންތަން ކަނޑައަޅަނީ 10 އަހަރުގެ މުއްދަތަކަށެވެ. އެ މުއްދަތަށްފަހު އެތަނެއް ބަޔޮސްފިއަރ ރިޒާވެއްގެގޮތުގައި ޙިމާޔަތްކޮށް ބެލެއްހެއްޓިފައިވާ މިންވަރު ދެނެގަތުމަށް ޚާއްސަ ސަރވޭތަކެއް ކުރެއެވެ. އަދި އެކަމުގެ މަޢުލުމާތުތައް ޔުނެސްކޯއަށް ފޮނުވުމުން ނަތީޖާ ރަގަޅުނަމަ އެތަނެއް އަނެއްކާވެސް ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅި އެނަން ދަމަހައްޓަ އެވެ.

ބަޔޮސްފިއަރ ރިޒަރވަކީ އެތަނެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން، ތަރައްޤީގެ މަޝްރޫޢުތައް ހިނގާ އަދި ހަމައެޔާއެކު، ދިރޭ ތަކެތީގެ ނަސްލާއި، އެތަކެތީގެ މާޙައުލު ޙިމާޔަތްކޮށް، އިޤްތިޞާދީ ގޮތުން ކުރެވޭ މަސައްކަތްތަކަކީވެސް ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރެވޭ ކަންތައްތަކެއްކަން ޔަޤީންވެފައިވާ، އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ބާރުއަޅާ ނިޒާމެކެވެ.

ދިވެހިރާއްޖެ ބަޔޮސްފިއަރ ރިޒާވްއަކަށް ހެދުމަށް މަސައްކަތް ފެށީ 2012 ވަނަ އަހަރުއެވެ.



More from vNews