ކުޅުންތެރިންގެ އަގު ވަޒަންކޮށް އެންމެ ޝަރަފްވެރި އެވޯޑް ދީމާ އާއި ޝައްފާނަށް

Fri, 18 Oct 2024 12:29 PM

View on this article on vNews

ކުޅުންތެރިންގެ އަގު ވަޒަންކޮށް އެންމެ ޝަރަފްވެރި އެވޯޑް ދީމާ އާއި ޝައްފާނަށް

ރާއްޖޭގެ ކުޅިވަރު ކުރިއަރުވައި ކުޅުންތެރިންގެ އަގު ވަޒަންކުރުމަށް ދެމުން އަންނަ ސްޕޯޓްސް އެވޯޑް 2024ގައި، އެންމެ މޮޅު އެތުލީޓުންގެ އެވޯޑު ޓޭބަލް ޓެނިސް ތަރި މުހަންމަދު ޝައްފާން އިސްމާއިލް އާއި ފާތިމަތު ދީމާ އަލީއަށް ދީފި އެވެ.



މި އެވޯޑު ދެކުޅުންތެރިންނަށް ވެސް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މިއީ ދީމާ މި އެވޯޑް ހޯދި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ވެސް އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑް ހޯދީ އޭނާ އެވެ.

އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދި ދިމާ ވަނީ އެންމެ މޮޅު ޒުވާން އަންހެން އެތުލީޓްގެ އެވޯޑް ވެސް ހޯދައިފައެވެ. މިއީ އެންމެ މޮޅު ޒުވާން އެތުލީޓްގެ އެވޯޑް އޭނާ ހޯދި ތިންވަނަ ފަހަރެވެ.

ޝައްފާން ވަނީ އަހަރުގެ އެންމެ މޮޅު ފިރިހެން ޓީޓީ ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ. އަދި އަހަރުގެ އެންމެ އުންމީދީ ފިރިހެން އެތުލީޓަކަށް ހޮވުނީ ޓީޓީ ކުޅުންތެރިޔާ އަޚްޔާރު އަހުމަދު ހާލިދެވެ.

ރޭ ބޭއްވި ހަފްލާގައި، އެންމެ މޮޅު އެތުލީޓުންގެ ބްރޯންޒް އެވޯޑް ހާސިލު ކުރީ ބެޑްމިންޓަން ތަރި އައިމިނަތު ނަބީހާ އަބްދުލް ރައްޒާގެވެ. ސިލްވަރ އެވޯޑް ގެންދިޔައީ ބެޑްމިންޓަން ތަރި ފާތުމަތު ނަބީހާ އަބްދުލް ރައްޒާގެވެ.

ޝައްފާންގެ އިތުރުން އަހަރުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ ބްރޯންޒް އެވޯޑް ބެޑްމިންޓަން ތަރި ނިބާލް އަހުމަދު ހޯދިއިރު ނިބާލް ވަނީ އަހަރުގެ ބެޑްމިންޓަން ކުޅުންތެރިޔާގެ އެވޯޑްވެސް ހާސިލުކޮށްފައެވެ. އަދި ސިލްވާ އެވޯޑް ހާސިލު ކުރީ އެންމެ ފަހުން އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ބޮޑީބިލްޑިންގް އެތުލީޓް އަޒްނީން ރަޝާދުއެވެ.



More from vNews