އިމިގްރޭޝަން ވޮޗަށް ބިދޭސީންނާއި ގުޅޭ 840 މައްސަލައިން މަސްތެރޭ

Fri, 18 Oct 2024 11:17 AM

View on this article on vNews

އިމިގްރޭޝަން ވޮޗަށް ބިދޭސީންނާއި ގުޅޭ 840 މައްސަލައިން މަސްތެރޭ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލާފައިވާ އިމިގްރޭޝަން ވޮޗަށް ތިން މަސްތެރޭ 840 މައްސަލަ ރިޕޯޓްކޮށްފި އެވެ.



އިމިގްރޭޝަން ވޮޗް" ގެ ނަމުގައި އުފެއްދި ހާއްސަ ޕޯޓަލް އިމިްގރޭޝަނުން ތައާރަފުކުރީ މި އަހަރުގެ ޖުލައި 17 ގައެވެ.

އިމިގްރޭޝަނުން އާއްމުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޕޯޓަލް އިފްތިތާހުކުރި ދުވަހުން ފެށިގެން މިހާތަނަށް އެޕޯޓަލަށް އެކި ފަރާތްތަކުން ވަނީ ބިދޭސީންނާއި ގުޅޭ 840 މައްސަލަ ހުށައަޅާފައިވާކަމަށެވެ. އޭގެ ތެރެއިން 596 މައްސަލައެއް ބަލާ ނިންމާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އޭގެ ތެރޭގައި ސައްހަނޫން 174 މައްސަލަ ހިމެނޭއިރު ސައްހަކަން ކަށަވަރު ނުކުރެވޭ 70 މައްސަލަ ހިމެނޭކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަތައް:

  • ވޯކް ވިސާއާ ހިލާފުވުން: 206
  • ހަށިވިއްކުން: 50
  • ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކުން: 7
  • ޓޫރިސްޓު ވިސާއާ ހިލާފުވުން: 10ވަޒީފާދޭ ސްޕޮންސާ ބްރީޗްކުރުން: 9
  • ޑޮކިއުމަންޓް ފްރައުޑް: 2
  • ޑްރަގް ޓްރެފިކްކުރުުން: 9
  • އިންސާނީ ވަގުފާރި: 7
  • ގާނޫނާ ގަވާއިދާ ހިލާފަށް ވިޔަފާރިކުރުން: 221
  • ގެއްލިގެން ހޯޑާ މީހުން: 32
  • ބޯޑާ އިންޓެލިޖެންސް: 3
  • އެހެނިހެން: 40

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ 11 މަސް ދުވަސްވެފައިވާއިރު، މިހާތަނަށް ގަވާއިދާ ޚިލާފަށް އުޅުނު 4000 ހަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.



More from vNews