ޑަބްލިއުއެޗްއޯ އާއި ރާއްޖެ ގުޅިގެން މަސައްކަތްކުރުމަށް ހާއްސަ ޕްލޭނެއް

Fri, 18 Oct 2024 10:58 AM

View on this article on vNews

ޑަބްލިއުއެޗްއޯ އާއި ރާއްޖެ ގުޅިގެން މަސައްކަތްކުރުމަށް ހާއްސަ ޕްލޭނެއް

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ދިވެހިރާއްޖެއާ ގުޅިގެން މަސައްކަތްކުރުމުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްފިއެވެ.



މި ޕްލޭން އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި ޑަބްލިއުއެޗްއޯގެ ދެކެނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑައިރެކްޓަރު ސައިމާ ވަޒީދެވެ.

މި ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދާނީ މިއަހަރުން ފެށިގެން 2029 ވަނަ އަހަރުގެ ނިޔަލަށެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ޕްލޭންގައި ކުރިއަށް އޮތް 5 އަހަރު ރާއްޖޭގެ ޢާންމު ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް ޞިއްޙަތު ޖަމްޢިއްޔާއިން ފޯރުކޮށްދެވޭނެ އެހީތެރިކަން ހިމަނާފައިވާ ކަމަށާ މި ސްޓްރެޓީޖިކް ޕްލޭންގައި މައިގަނޑު 3 ކަމަކަށް އަލިއަޅުވާލާފައިވާނެ ކަމަށެވެ.

އަދި ސްޓްރެޓީޖިކް ޕްލޭންގައި މައިގަނޑު 5 ކަމެއްކުރުމަށް ޚާއްސަ އިސްކަމެއްދޭ ކަމަށެވެ.

މީގެތެރޭގައި ހިމެނެނީ:

  • ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުން
  • އަސާސީ ސިއްހީ ފަރުވާ ކުރިއެރުވުމަށް އިންވެސްޓްކުރުން
  • ސިއްހީ ހިދުމަތް ހޯދަން ދަތި ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން
  • އިޖުތިމާއީ، އިގްތިސާދީ އަދި ވިޔަފާރިއާ ސިއްހީ ގޮތުން ގުޅުންހުރި ކަންކަމަށް ހައްލު ހޯދައިދިނުން
  • ސިއްހީ ނިޒާމަށް އަންނަ ދަތިތަކާއި ސިއްހީ ކުއްލި ހާލަތްތަކަށް ވިލުންތެރި ސިއްހީ ނިޒާމެއް ގާއިމުކުރުން

ހެލްތް މިނިސްޓްރީން ބުނީ މިފަދަ ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލުމުގެ ބޭނުމަކީ އެއްވެސް މީހެއް ބާކީ ނުކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ޞިއްޙީ ފަރުވާ ހޯދައިދިނުން ކަމަށެވެ. ޑަބްލިއުއެޗްއޯ އިން ވަނީ މި ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެ ޖަމިއްޔާ އިން ފުރިހަމައަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.



More from vNews