މޯލްޑިވިއަނުން ލަންކާ އަށް ދަތުރުތައް ފަށައިފި

Fri, 26 Apr 2024 10:26 AM

View on this article on vNews

މޯލްޑިވިއަނުން ލަންކާ އަށް ދަތުރުތައް ފަށައިފި

މޯލްޑިވިއަން އިން މެދުކެނޑުމަކަށް ފަހު ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އަށް ސީދާ ދަތުރުތައް ފަށައިފި އެވެ.



މިދަތުރުތައް ރަސްމީކޮށް ފެށުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަތުރުތައް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ލަންކާގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށި މި ދަތުރުތައް މޯލްޑިވިއަންގެ ފަރާތުން ރާވާފައިވަނީ ހަފްތާއަކު ދެދުވަހު ކުރާ ގޮތަށެވެ. އެއީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުއެވެ.

މިފްލައިޓުތަކާއެކު މޯލްޑިވިއަންއިން ރާއްޖޭގެ އެތެރޭގެ ހުރިހާ މަންޒިލަކަށް ކަނެކްޝަން ފަސޭހައިން ލިބޭނެކަން އެކުންފުނިންވަނީ ހާމަކޮށްފައެވެ. މި ދަތުރުތައް ކުރާނީ އެއާބަސް އޭ320 ގެ މަތިންދާ ބޯޓްގަ އެވެ. ދަތުރުތަކުގެ ދެކޮޅު ޓިކެޓްގެ އަގަކީ 165 ޑޮލަރެވެ. މޯލްޑިވިއަންގައި ލަންކާ އަށް ދާ މީހުންނަށް 30 ކިލޯގެ ބެގޭޖް އުފުލޭނެ އެވެ.

މިދަތުރުތައް ފެށުމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ދަތުރުތައް ފަށަނީ ގިނަ ލުއިތަކާއެކު ކަމަށާއި މިކަމަށް ވަރަށް ބޮޑަށް އެކުންފުނިން ތައްޔާރު ވެފައިވާކަމަށެވެ. އަދި ނަވަލޮކާ ލަންކާގެ މަޝްހޫރު ހޮސްޕިޓަލެއް ކަމަށްވާ ހޮސްޕިޓަލުން އެކްސްކުލޫސިވްކޮށް ހިދުމަތްތަކެއް ލިބޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.



More from vNews