އުރީދޫގެ "ހަދިޔާފޮށި"ގެ ނަސީބުވެރިން ހޮވައިފި

Fri, 26 Apr 2024 10:13 AM

View on this article on vNews

އުރީދޫގެ "ހަދިޔާފޮށި"ގެ ނަސީބުވެރިން ހޮވައިފި

ރޯދަ މަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަނުން އިނާމު ހާސިލު ނަސީބުވެރި ފަރާތްތަކަށް އިނާމު ހަވާލުކޮށްފި އެވެ.



އުރީދޫ ހެޑްކުއާޓާޒްގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި، ހަދިޔާފޮށީގެ އެންމެ ޚާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލް ކުރީ އަހްމަދު ފަޔާޒު އެވެ.

އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ވެސް ވަނީ ނަސީބުވެރި ކަސްޓަމަރުންނަށް ހަދިޔާކޮށްފައެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމުތަކެއް މިއަހަރުގެ ހަދިޔާފޮށީގައި ހިމަނިފައިވާކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވަނީ މިއަހަރުގެ ހަދިޔާފޮށީގައި ބައިވެރިވެގެން އިނާމު ހޯދި ހުރިހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އައު ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރި ކަމެއްކަން ނިޔާޒު ފާހަގަކުރެއްވިއެވެ.

އުރީދޫ މޯލްޑިވްސް އިން އަންނަނީ ކޮންމެ ރޯދަ އަށް ހާއްސަ ކޮށްގެން ކަސްޓަމަރުންނަށް މިފަދަ އެތައް ހަދިޔާގެ ފުރުސަތުތަކާ ޕްރޮމޯޝަންތައް ހިންގަމުންނެވެ. އެގޮތުން މިއީ އުރީދޫން ހަދިޔާ ފޮށި ހަރަކާތް ކުރިއަށްގެންދިޔަ 2 ވަނަ އަހަރެވެ.



More from vNews