ކެމްޕެއިން އޮފީހެއް ރޯކޮށްލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Thu, 25 Apr 2024 10:47 PM

View on this article on vNews

ކެމްޕެއިން އޮފީހެއް ރޯކޮށްލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށި ސިޓީގައި ހުރި ކެމްޕެއިން އޮފީހެއްގައި އަލިފާން ރޯކޮށްލިކަމުގެ ތުހުމަތުގައި މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފިއެވެ.



މިކަމާ ގުޅޭ މައުލޫމާތު ހިއްސާކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޅުދުއްފުށީގައި ކެމްޕެއިން އޮފީހުގައި ރޯކޮށްލީ މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައިގައި މިއަދު 14:55 ހާއިރު 31 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިންތިޚާބުތަކާ ދިމާކޮށް އަދި އިންތިޚާބުތަކަށް ފަހުވެސް ރާއްޖޭގައި މަދުން ނަމަވެސް މިފަދަ ނޭދެވޭ ކަންކަން ހިނގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.



More from vNews