ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން އެސެސަރ ވޯކްޝޮޕެއް ބާއްވައިފި

Thu, 25 Apr 2024 05:51 PM

View on this article on vNews

ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން އެސެސަރ ވޯކްޝޮޕެއް ބާއްވައިފި

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް. އެން. އެސް.ޑީ.އޭ) އިން އެސެސަރ ވޯކްޝޮޕްގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.



އެސެސަރ ވޯކްޝޮޕަކީ އެމް.އެން.އެސް.ޑީ.އޭގެ ނޭޝަނަލް އެސެސްމަންޓް ތަކުގެ ފެންވަރު ހިފެހެއްޓުމާއި، ނޭޝަނަލް އެސެސްމަންޓް ކުރިއަށް ގެންދާނެގޮތް އެސެސަރުންނަށް ކިޔައިދިނުމާއި، ނޭޝަނަލް އެސެސްމަންޓްތައް ކުރިއަށްގެންދިޔުމުގައި އެސެސަރުންގެ ކަންބޮޑުވުންތައް ޙިއްސާކުރުމަށާއި، އެސެސަރުންގެ ތަޖުރިބާއާއި ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޮންފަރެންސް ރޫމްގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ޖުމްލަ 41 ނޭޝަނަލް އެސެސަރުން ބައިވެރިވިއެވެ. މި ވޯކްޝޮޕްގެ ބައިވެރިންނާއި އެމް.އެން.އެސް.ޑީ.އޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދު ބައްދަލުކުރައްވައި، އެސެސަރުންގެ ޚިޔާލާއި މަޝްވަރާތަކާއި ގުޅިގެން ނޭޝަނަލް އެސެސްމަންޓް ހަރުދަނާ ކުރުމާއި، ފެންވަރު ހިފެހެއްޓުމަށް ކުރަމުންދާ ކަންކަމުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވީ އެމް.އެން.އެސް.ޑީ.އޭގެ ސީ.އީ.އޯގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރ އައިޝަތު ނާޖީ ޙުސައިން އަދި ސީނިއަރ އެޑްމިން އޮފިސަރ އައިޝަތު އަޒުލާ ޤާސިމްއެވެ.

ނޭޝަނަލް އެސެސްމަންޓަކީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ފަންނީ މަސައްކަތް ދަސްކުރާ ފަރާތްތަކަށް ވަކި މަސައްކަތެއް ވަކި ފެންވަރެއްގައި ކުރަން އެނގޭކަން ރަސްމީ ސިފައެއްގައި ކަނޑައެޅުމަށްޓަކައި ބޭނުންކުރާ މިންގަނޑާއި އަޅާކިޔައި، މަސައްކަތް ކުރުމަށް ބޭނުންވާ ހުނަރާއި، މަޢުލޫމާތާއި، މަސައްކަތުގެ އަޚްލާގު އެމީހެއްގެ ކިބައިގައި ހުރި މިންވަރު ވަޒަންކުރުމަށްޓަކައި ކިޔަވައިދޭ އިންސްޓިޓިއުޓްތަކުން ކުރިއަށް ގެންދާ އިމްތިހާނުތަކުގެ އިތުރުން ނޭޝަނަލް އެސެސަރުން މެދުވެރިކޮށް ކުރިޔަށްގެންދާ އިމްތިހާނެކެވެ.

އެމް. އެން. އެސް.ޑީ.އޭ އަކީ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ހަވަނަ ބާބުގެ މަސައްކަތުގެ ތައުލީމާއި ތަމްރީނުދިނުމުގެ ގައުމީ ނިޒާމްގެ ދަށުން އުދައްދާފައިވާ އޮތޯރިޓީއެކެވެ. މި އޮތޯރިޓީ އަކީ މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގަމުން އަންނަ އޮތޯރިޓީއެކެވެ.



More from vNews