އަންހެން ހެދުން އަޅައިގެން އުޅޭ "ޔާޔާ" ގެ ބަންދަށް 15 ދުވަސް

Sun, 05 May 2024 03:00 PM

View on this article on vNews

އަންހެން ހެދުން އަޅައިގެން އުޅޭ "ޔާޔާ" ގެ ބަންދަށް 15 ދުވަސް

މީސްމީޑިއާ ޕްލެޓްފޯމް ޓިކްޓޮކުގައި ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ ގ.ކަމަރާގޭ މުޙައްމަދު ނަބީލް (ޔާޔާ) ގެ ބަންދަށް 16 ދުވަސް ޖަހައިފިއެވެ.



ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ. މިއީ އޭނާ ހައްޔަރުކުރި ތިންވަނަ ފަހަރެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ. އަލުން އޭނާ ހައްޔަރުކޮށްފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން ނުފެނި ހުރުމަށް ފަހު އަނެއްކާވެސް ޓިކްޓޮކުގައި އެފަދަ ވީޑިއޯ އާންމުކޮށް، އަންހެން ހެދުމާއެކު ލައިވްތަކަށް އަރަން ފެށުމުންނެވެ.

މީގެކުރިން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހާއި އެފަހުން ހަމަ އެ މަހުގެ 12 ވަނަ ދުވަހު ވެސް ޔާޔާ ހައްޔަރުކޮށްފައިވެއެވެ. އަދި އޭގެ ކުރިން ވެސް އޭނާ ހައްޔަރުކުރިއިރު އެފަހަރު އޭނާ ދޫކޮށްލީ 2 މަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓުނުކުރުމަށް ޝަރުތުކޮށްފައެވެ.

ޓިކްޓޮކުގައި ޔާޔާ ނަބީލް ވީޑިއޯ އާންމުކުރަނީ މުޅިން ހެން އަންހެން ހެދުން ލައިގެންނެވެ. ޓިކްޓޮކް ލައިވްއެއްގައި އޭނާ ޖިންސީ ގުނަވަން ދެއްކި މައްސަލައެއް ވެސް ފެންމަތިވިއެވެ.



More from vNews