މިދިޔަ މަހުގެ ފެން ބިލުތަކުން 10 ޕަސެންޓު ޑިސްކައުންޓު ދެނީ

Sun, 05 May 2024 03:27 PM

View on this article on vNews

މިދިޔަ މަހުގެ ފެން ބިލުތަކުން 10 ޕަސެންޓު ޑިސްކައުންޓު ދެނީ

އޭޕްރީލް މަހުގެ ފެން ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށް މާލެ ސަރަހައްދުގައި ފެނުގެ ހިދުމަތް ދޭ ކުންފުނި، އެމްޑަބްލިއުއެސްސީން ބުނެފިއެވެ.



އެ ކުންފުނިން އާންމުކުރި އިއުލާނުގައި ބުނީ 10 ޕަސެންޓު ޑިސްކައުންޓް ދޭ އިރު އެ ބިލްގައި މާޗު މަހުގެ ބިލަށް ވުރެ ބޮޑު ނަމަ، އެ އަދަދު އިތުރަށް ކުޑަ ކުރާނެ ކަމަށެވެ. އަދި އެގޮތަށް ބިލްގެ އަދަދު މާޗު މަހުގެ ބިލާ އެއް ހަމަކުރާ އިރު އެ ބިލްގެ އަދަދު 10 ޕަސެންޓަށް ވުރެ ކުޑަ ނަމަ، އެ ބިލްގެ އަދަދު 10 ޕަސެންޓާ ހަމައަށް ކުޑަ ކޮށްދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަލަށް ފެން އަދި ކަރަންޓް ހިދުމަތް ދޭ ގޭބީސީތަކުގެ ބިލްތަކުން ވެސް 10 ޕަސެންޓު ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ބިލްތަކަށް ގެނައި މި ބަދަލުތަކުގެ ތަފްސީލުތައް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ފޮނުވަމުން ގެންދާނެ ކަމަށާއި އަދި މި ވަގުތު ބިލް ފޮނުވާފައިވާ ފަރާތްތަކަށް ވެސް ޑިސްކައުންޓް ލިބުމުން ބިލަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް އާންމުކުރާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

ނިމުނު އޭޕްރީލް މަހުގެ ބިލުން ޑިސްކައުންޓް ދޭ އިރު މިދިޔަ ރޯދަ މަހުގެ ކަރަންޓާއި ފެނުގެ ހިދުމަތުގައި ވެސް ވަނީ ޑިސްކައުންޓު ދީފައެވެ. އެ މުއްދަތުގެ ތެރޭގައި 14 މިލިއަން ރުފިޔާ ޑިސްކައުންޓްގެ ގޮތުގައި ދިން ކަމަށް އެ ކުންފުނިން ބުނެއެވެ. އެއީ ޑޮމެސްޓިކް ކެޓަގަރީގެ ބިލްތަކުގެ 25 ޕަސެންޓެވެ.

ރޯދަ މަހުގެ ތެރޭގައި ކަރަންޓުގެ ހިދުމަތުން ވެސް އާންމުންނަށް 20 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އެންމެ ފަހުން ގޭބިސީތަކަށް ފޮނުވި ބިލުންވެސް ޑިސްކައުންޓު ދޭނީ އޭޕްރީލް މަހުގެ 12 އިން މި މެއި މަހުގެ 12 އާ ހަމައަށް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.



More from vNews