"މޯލްޑިވްސް ވޭވް"އިން އިތުރު ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގިތޯ ބަލަނީ

Sun, 05 May 2024 03:10 PM

View on this article on vNews

"މޯލްޑިވްސް ވޭވް"އިން އިތުރު ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގިތޯ ބަލަނީ

ގަޑި ވިއްކުމުގެ ވިޔަފާރި ކުރާ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ވޭވްގެ ކުންފުންޏަކުން ރާއްޖެއިން ބޭރުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައާ ގުޅިގެން އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވޭތޯ ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.



މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުނިން ވެހިކަލް ގެނެސްދިނުމުގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަން ފުލުހުން ހާމަކުރީ މިދިޔަ އޭޕްރިލް މަހުއެވެ.

ވެހިކަލް ގެންނަން އެ ކުންފުންޏަށް ފައިސާ ދައްކާފައިވާ ފަރާތެއްވާ ނަމަ، 2024 މެއި 30 ވަނަ ދުވަހުގެ ކުރިން އެކަން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން މިއަދު ވަނީ އެދިފައެވެ.

ކާރު ގެނެސްދިނުމުގެ ނަމުގައި މޯލްޑިވްސް ވޭވް ކުންފުނިން ވަނީ އެކި މީހުންގެ އަތުން 50 މިލިއަނެއްހާ ރުފިޔާ ނަގައިފައެވެ. ނަމަވެސް ފައިސާ ދެއްކި މީހުންނަށް ކާރު ނުލިބި ގިނަ ދުވަސްތަކެއް ވުމާއެކު އޭގެތެރެއިން ބައެއް މީހުން ވަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.



More from vNews