މޫސަ ގޮވާލެއްވީ އިދިކޮޅަށް ގޮނޑި މަދުން ލިބޭ ސަބަބު ދިރާސާ ކުރަން

Thu, 25 Apr 2024 04:51 PM

View on this article on vNews

މޫސަ ގޮވާލެއްވީ އިދިކޮޅަށް ގޮނޑި މަދުން ލިބޭ ސަބަބު ދިރާސާ ކުރަން

އިދިކޮޅު ފާޓީއަށް ލިބޭގޮނޑި މަދުވަނީ ކޮންސަބަބަކާހުރެތޯ ބަލާ، ދިރާސާކުރުމަކީ ޑިމޮކްރަސީއަށް މުހިއްމުކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.



މޫސަ މިހެން ވިދާޅުވެފައިވަނީ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުން އިދިކޮޅު މައި ޕާޓީ އަށް އަޣުލަބިއްޔަު ނުލިބި މަދު ގޮނޑިއެއް ލިބިފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ.

ފާއިތުވި ތިން ދައުރުގައި މަޖިލިސް އިންތިހާބުގެ ނަތީޖާތަކަށް އަލިއަޅުވާލައްވައި މޫސަ ވިދާޅުވީ 18 ވަނަ މަޖިލީހުން ފެށިގެން ކޮންމެ އިންތިހާބެއްގައި ވެސް ސަރުކާރު ހިންގާ ޕާޓީއަށްމެޖޯރިޓީީ ލިބެމުން އަންނަކަމަށާއި މިއީ ސިޔާސީ ގޮތުން ކުޅިބައި އެތުރެމުންދާ ގޮތް ކަމަށެވެ. އެހެންކަމުން އިދިކޮޅު ފާޓީއަށް ލިބޭގޮނޑި މަދުވަނީ ކޮން ސަބަބަކާހުރެ ތޯ ބަލާ ދިރާސާކުރުމަކީ ޑިމޮކްރަސީއަށް މުހިއްމުކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ.

އަށާރަ ވަނަ މަޖިލީހުގެ މެޖޯރިޓީ އޭރު ވެރިކަން ކުރި ޕީޕީއެމްއިން ކާމިޔާބު ކުރިއިރު ނަވާރަ ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނެގީ އޭރު ވެރިކަން ކުރި އެމްޑީޕީން ނެވެ. އަދި މި ފެށޭ 20 ވަނަ ދައުރުގެ މަޖިލިސް އިންތިޚާބުގެ ސުޕަ މެޖޯރިޓީ ނަގާފައި ވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ. އިދިކޮޅުގައި އޮތް 19 ވަނަ މަޖިލިހުގެ ސުޕަ މެޖޯރިޓީ ނެގި އެމްޑީޕީ އަށް ލިބުނީ އެންމެ 12 ގޮނޑިއެވެ.

އެމްޑީޕީއަށް މިފަހަރުގެ މަޖިލިސް އިންތިޚާބުން ލިބުނު ނާކާމިޔާބީ އާއެކު ޕާޓީގެ ލީޑަ ޝިޕަށް ވަނީ ބޮޑެތި ނުރުހުންތަކެއް އަމާޒުވެފައެވެ.



More from vNews