ދޯންޏަކަށް ކާރެއް އަރުވަން އުޅެނިކޮށް މޫދަށް ވެއްޓިއްޖެ

Sat, 04 May 2024 11:39 PM

View on this article on vNews

ދޯންޏަކަށް ކާރެއް އަރުވަން އުޅެނިކޮށް މޫދަށް ވެއްޓިއްޖެ

ހައްދުންމަތީ ފޮނަދޫ ބަނދަރުގައި އޮތް ދޯންޏަކަށް، ކާރެއް އަރުވަން އުޅުމުގެ ތެރޭގައި އެ ކާރު މޫދަށް ވެއްޓިއްޖެއެވެ.



ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފޮނަދޫ ބަނދަރުގައި އޮތް ދޯންޏަކަސް ކާރެއް އަރުވަން އުޅުމުގެ ތެރޭގައި އެ ކާރު މޫދަށް ވެއްޓުނުކަމުގެ މައުލޫމާތު، ހޮނިހިރު ދުވަހުގެރޭ 19:05 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މި ކާރު މިހާރު ވަނީ މޫދުން ނަގައި ދޯންޏަށް އަރުވާފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރަށްރަށުގެ ބަނދަރަށް ކާރާއި ސައިކަލް އަދި އެހެނިހެން އެއްގަމު އުޅަނދު ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެއެވެ.



More from vNews