އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 7 ލައްކައިން މަތި

Wed, 24 Apr 2024 01:05 PM

View on this article on vNews

އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 7 ލައްކައިން މަތި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.



ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 728،950 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 13.1 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 644،721 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިއަހަރުތެރޭ ފަތުރުވެރިން އައި ގޮތަށް ބަލާއިރު ޖެނުއަރީ މަހު 192،385 ފަތުރުވެރިން، ފެބްރުއަރީ މަހު 217،392 ފަތުރުވެެރިން، މާޗް މަހު 194،227 ފަތުރުވެރިން އަދި އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 124،946 ފަތުރުވެރިން ވަނީ ޒިޔާރާތް ކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމުގެ ތެރޭގައި ހިމެނެނީ ޗައިނާ، އިނގިރޭސިވިލާތް، ރަޝިޔާ، އިޓަލީވިލާތް އަދި ޖަރުމަންވިލާތެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވރިން ޒިޔާރަތްކުރި ޗައިނާ އިން 77،709 ފަތުރުވެރިން ޒިޔާރްތަކޮށްފައިވާ އިރު ދެވަނައަށް އެންމެ ގިނައި ފަތުރުވެރިން ޒިޔާރަތްކުރި އިނގިރޭސިވިލާތުން 72،635 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. އަދި ރަޝިއާ އިން 72،336 ފަތުރުވެރިންނާ އިޓަލީވިލާތުން 66،170 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 57،321 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6451 ފަތުރުވެރިން އަންނަމުންދާއިރު އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި 7.9 ދުވަސް ހޭދަކުރެއެވެ.

ރާއްޖެ އަށް މިދިޔަ އަހަރު 1.8 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، މި އަހަރުގެ ނިޔަލަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.



More from vNews