އަނެއްކާވެސް "ޔާޔާ" ހައްރުކޮށްފި

Sat, 04 May 2024 06:16 PM

View on this article on vNews

އަނެއްކާވެސް "ޔާޔާ" ހައްރުކޮށްފި

މީސްމީޑިއާ ޕްލެޓްފޯމް ޓިކްޓޮކުގައި ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ ގ.ކަމަރާގޭ މުޙައްމަދު ނަބީލް (ޔާޔާ) އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.



މިއީ ނިވާކަންކުޑަ ހެދުން ލައިގެން ވީޑިއޯ އާންމުކުރާ މައްސަލައިގައި އޭނާ ހައްޔަރުކުރި ހަތަރުވަނަ ފަހަރެވެ. މީގެކުރިން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހާއި އެފަހުން ހަމަ އެ މަހުގެ 12 ވަނަ ދުވަހު ވެސް ޔާޔާ ހައްޔަރުކޮށްފައިވެއެވެ. އަދި އޭގެ ކުރިން ވެސް އޭނާ ހައްޔަރުކުރިއިރު އެފަހަރު އޭނާ ދޫކޮށްލީ 2 މަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓުނުކުރުމަށް ޝަރުތުކޮށްފައެވެ.

ޔާޔާ ތިންވަނަ ފަހަރަކަށް ހައްޔަރުކޮށްފައި މިވަނީ، އޭނާ ހައްޔަރުކުރުމަށް މީސްމީޑިއާގައި ގިނަބަޔަކު ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ. އޭނާ ހައްޔަރުކުރުމަށް ގޮވާލަމުން ދަނީ، ދުވަސްތަކަކަށްފަހު އަނެއްކާ ވެސް އޭނާ ހަމަ އެފަދަ ވީޑިއޯ ޓިކްޓޮކުގައި އާންމުކޮށް، ލައިވް ތަކަށް އަރާތީއެވެ.

މިހާރު އުމުރުން 39 އަހަރުގެ ޔާޔާ ހައްޔަރުކުރިކަނ ްހާމަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ނިވާކަންކުޑަ އަންހެން ހެދުން ލައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިރުކުރަމުންދިޔަ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން ގެންދާކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެންމެފުރަތަމަ ޔާޔާ ހައްޔަރުކުރުމަށްފަހު އޭނާ ދޫކޮށްލީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައުއަށް އޭނާގެ ފަރާތުން ނުރައްކަލެއް ނެތްކަމަށް ބުނެ ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދިނުމުންނެވެ.

ޓިކްޓޮކުގައި ޔާޔާ ވީޑިއޯ އާންމުކުރަނީ މުޅިން ހެން އަންހެން ހެދުން ލައިގެންނެވެ. ޓިކްޓޮކް ލައިވްއެއްގައި ޔާޔާ ޖިންސީ ގުނަވަން ދެއްކި މައްސަލައެއް ވެސް ފެންމަތިވިއެވެ.



More from vNews