ފޮރުވިގެން ތިބެ ހިންގާ ވެބްސައިޓުތަކަށް ޚަލީލް ފާޑުވިދާޅުވެއްޖެ

Sat, 04 May 2024 02:37 PM

View on this article on vNews

ފޮރުވިގެން ތިބެ ހިންގާ ވެބްސައިޓުތަކަށް ޚަލީލް ފާޑުވިދާޅުވެއްޖެ

ރަޖިސްޓްރީ ނުކޮށް، ކާކުކަން ނޭނގޭ ގޮތަށް ނިއުސް ވެބްސައިޓުތައް ހިންގާ ފަރާތްތަކަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް ފާޑުވިދާޅުވެއްޖެއެވެ.



ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޚަލީލް ވިދާޅުވީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް ފޮރުވި ތިބެ ހިންގާ ވެބްސައިޓުތަކުން ކަނޑައެޅިގެން ބުހުތާން ދޮގުތައް ފަތުރަމުންދާ ކަމަށާއި އެ އިން ދޮގެއް، ތެދެއް ވަކި ނުވާ ކަމަށެވެ.

ކުރީގެ އަހަރުތަކާ ޚިލާފަށް ރާއްޖޭގައި ނޫސްވެރިންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ތަނަވަސްކޮށްދެވިފައިވާކަން ޙަލީލު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ނޫސްތަކާއި ސައިޓުތައް ހިންގާއިރު ޒިންމާދާރުވާން ޖެހޭ ކަމަށާއި، ސަރުކާރަށް ފާޑު ކިޔުމަށްވެސް ނުކުންނަން ވާނީ ކެރިންގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ކޮން ބައެއްކަން ނޭނގޭގޮތަށް ސައިޓުތައް ހަދައިގެން ދޮގު ޚަބަރު ފެތުރުމަކީ ގައުމަށް އޭގެ ސަބަބުން ގެއްލުމާއި ކުރިމަތިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވީ މި ސަރުކާރުގެ ވިސްނުން ހުރީ ނޫސްވެރިކަމުގެ ދާއިރާ މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް ކަމަށެވެ. އެގޮތުން މިދާއިރާއިން ތަމްރީންތައް ހިނގާ، މީޑިއާތަކަށް އާމްދަނީ ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށް ޚަލީލު ވިދާޅުވިއެވެ.



More from vNews