ރައީސްގެ މަންދޫބެއްގެ ގޮތުގައި އިސްލާމީ ގައުމުތަކުގެ ވެރިންގެ ސަމިޓަށް ޑރ.ޝަހީމް

Sat, 04 May 2024 02:48 PM

View on this article on vNews

ރައީސްގެ މަންދޫބެއްގެ ގޮތުގައި އިސްލާމީ ގައުމުތަކުގެ ވެރިންގެ ސަމިޓަށް ޑރ.ޝަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.



އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ބާއްވާ އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު އޮންނާނީ މިމަހުގެ މިއަދު އަދި މާދަމާއެވެ.

ރައީސް އޮފީހުން ބުނީ މި ސަމިޓުގައި އޯއައިސީ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރު ޝަހީމް ތަގުރީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ. މި އަހަރުގެ ސަމިޓުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން"، މިއެވެ.



More from vNews