ޑްރަގް ބުލެޓުތަކެއް ދިރުވާލި މީހެއްގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދެނީ

Wed, 24 Apr 2024 12:14 AM

View on this article on vNews

ޑްރަގް ބުލެޓުތަކެއް ދިރުވާލި މީހެއްގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދެނީ

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ދިރުވާލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.



ފުލުހުން ބުނީ ހާލު ދެރަވެފައިވަނީ މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށެވެ.

އެ މީހާގެ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ބުލެޓު ފޮރުވާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެކަމާ ގުޅިގެން އޭނާގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާގެ އާއިލާއަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މަސްތުވާތަކެތި ބަންދު ކޮށްފައި ހުންނަ ޕެކެޓާއި ބުލެޓު ފަދަ ތަކެތި އާންމުކޮށް ދިރުވަނީ އެއްގައުމުން އަނެއް ގައުމަށް އެ ތަކެތު އެތެރެ ކުރުމަށާއި ފޮރުވައިގެން ގެންގުޅުމަށެވެ. މީގެކުރިންވެސް މިފަދަ މައްސަލަތަކެއް ފެންމަތިވެފައި އެބަ ހުއްޓެވެ.



More from vNews