ދާއިރާގެ ކަންކަމުގައި މެންބަރުންނަށް އެއްބާރުލުން ދިނުމަށް މަންދޫބެއް

Tue, 23 Apr 2024 11:54 PM

View on this article on vNews

ދާއިރާގެ ކަންކަމުގައި މެންބަރުންނަށް އެއްބާރުލުން ދިނުމަށް މަންދޫބެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަށް ދާއިރާއާ ގުޅޭ މަސައްކަތްތަކާ ގުޅޭގޮތުން އެއްބާރުލުން ދިނުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ މަންދޫބެއް ކަނޑައަޅައިފިއެވެ.



މިއީ މަޖިލީހުގެ މެންބަރުންނަށް އެއްބާރުލުން ދިނުމަށް މިނިސްޓްރީއަކުން މަންދޫބެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިފަދަ މަންދޫބެއް ކަނޑައެޅީ ރައްޔިތުންނަށް އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެންބަރުން ދާއިރާގެ ކަންކަމުގައި ޚިދުމަތް އަވަސް ކުރުމަށް ކަމަށެވެ.

އެގޮތުން މަޖިލީހުގެ މެންބަރުންގެ ޚިދުމަތުގައި ހުންނަވާނީ އިސްލާމިކް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު އުސްތާޛު ޔާސީން ނައީމް އެވެ.

މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމަށްވާތީ، އެބޭފުޅުންނަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭނެ ކަމަށާއި ޕާޓީތައް ތަފާތުކުރުމެއް ނެތި ހުރިހާ މެންބަރުންނަށް ވެސް ޚިދުމަތް ދެއްވާނެކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.



More from vNews