8 ގައުމަކަށް ސަފީރުން އައްޔަން ކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

Tue, 23 Apr 2024 07:28 PM

View on this article on vNews

8 ގައުމަކަށް ސަފީރުން އައްޔަން ކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ބޭރު ގައުމުތަކަށް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވި 8 ސަފީރަކަށް ރުހުން ދިނުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.



ރައީސް ވަނީ ރުހުން ހޯއްދެއްވުމަށް މަޖިލީހުގެ ކޮމިޓީއަށް 10 ނަން ފޮނުއްވާފައެވެ.

މަޖިލީހުން ރުހުން ދިނުމަށް ފާސްކުރި ނަންތައް:

  • އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުޙައްމަދު ހުސައިން ޝަރީފް
  • އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. އިރުތިޝާމް އާދަމް
  • އދ.ށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޑރ. އަލީ ނަސީރު މުޙައްމަދު
  • ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް މައްސޫދު އިމާދު
  • މެލޭޝިއާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. މަރިޔަމް ޝަބީނާ އަޙްމަދު
  • ބެލްޖިއަމަށް ކަނޑައަޅުއްވާ ސަފީރުކަމަށް ގީލާ އަލީ
  • ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް، ޑރ. ސަލްމާ ރަޝީދު
  • ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުޙައްމަދު ލުވައިޒް

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން ދެ ބޭފުޅެއްގެ ވަނަވަރު އަދި ކޯޓުން ސާފު ނުވާތީ އެބޭފުޅުންނާ އިންޓަވިއު ކޮށްފައެއް ނުވެއެވެ. އެހެންކަމުން އެ ދެބޭފުޅުންނަށް ރުހުން ހޯދުމަށް ވޯޓު ނަގާފައެއް ނުވެއެވެ.

އެ ދެބޭފުޅުންނަކީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބާއި ބަންގްލަދޭޝްގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ޝިއުނީން ރަޝީދުއެވެ.



More from vNews