މިރޭވެސް ގިނަ އަދަދެއްގެ ބަޔަކު ޖޭޕީއާ ގުޅިއްޖެ

Mon, 29 May 2023 11:16 PM

View on this article on vNews

މިރޭވެސް ގިނަ އަދަދެއްގެ ބަޔަކު ޖޭޕީއާ ގުޅިއްޖެ

ރާއްޖޭގެ ތިންވަނަައަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގިނަ އަދަދެއްގެ ބަޔަކު ގުޅުންކަން އިއުލާންކޮށްފިއެވެ.

މިކަން އިއުލާންކުރީ މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ "ކުނޫޒް" ގައި ބޭއްވި "ކާމިޔާބުގެ ސައްލާ، ފަށަމާ ހޭވައްލާ" ޖަލްސާގައެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން އެފޯމްތަކާ ހަވާލުވެވަޑައިގަތީ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް އާއި ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދެވެ.

އަލަށް ޖޭޕީއާ ގުޅުނު މީހުންގެ ތެރޭގައި، އެކިއެކި ދާއިރާތަކުން ފުންނާބުއުސް ކަނބަލުންނާއި ކަލުން ހިމެނެއެވެ.

މިފަހުން ގިނަ އަދަދެއްގެ ބަޔަކުވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ. އަދިވެސް، ގިނަ އަދަދެއްގެ ބަޔަކު އެޕާޓީއާ ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޖުމްހޫރީ ޕާޓީގައި 23،000 އަށް ވުރެ ގިނަ މެމްބަރުން ތިބެއެވެ.

ޖުމްހޫރީ ޕާޓީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ހަރަކާތްތެރި އެއް ސިޔާސީ ޕާޓީވެސް މެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ކެމްޕެއިން މެނޭޖަރުން ކަނޑައަޅައި ހަރަކާތްތައް ވަނީ މެކުހަށް ޖަހާފައެވެ.

އިންތިޚާބުގެ ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި ކަނޑައެޅީ އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދެވެ.



More from vNews