39 އަހަރުގެ މީހަކު 69 ފަހަރު ހައްޔަރުކޮށްފި

Fri, 18 Oct 2024 10:11 PM

View on this article on Vaguthu

39 އަހަރުގެ މީހަކު 69 ފަހަރު ހައްޔަރުކޮށްފި

ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކު 69 ފަހަރު ހައްޔަރުކޮށްފިއެވެ.



އެންމެ ފަހުން އޭނާ ހައްޔަރުކޮށްފައި ވަނީ ވައްކަމުގެ މައްސަލައެއްގައެެވެ.

މިއަދު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހިއިރު، އެ ބަންދު އަމުރުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރި ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޭނާ ބަންދު ކުރިިއިރު، އެ އަމުރުގައި ބުނެފައި ވަނީ އޭނާއަކީ ހައްޔަރު/ބަންދު 69 ރެކޯޑް އޮންނަ މީހެއް ކަަމަށެވެ.

އަދި އޭނާ ވައްކަން ކޮށްފައި ވަނީ އިތުރު މީހަކާއި ގުޅިގެން ކަމަށްވެސް އަމުރުގައި ބުނެފައި ވެއެވެ.



More from Vaguthu