ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރަނީ

Fri, 18 Oct 2024 05:25 PM

View on this article on Vaguthu

ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރަނީ

ކަރަންޓުގެ ހިދުމަތުގެ ދެމެހެއްޓެނިވިކަން އިތުރަށް ކަށަވަރުކޮށް، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.



ސްޓެލްކޯއިން މިއަދު ވިދާޅުވީ، ކަރަންޓުގެ ޚިދުމަތުގެ ދެމެހެއްޓެނިވިކަން އިތުރަށް ކަށަވަރުކޮށް މާލޭގެ މަތިވަމުންދާ ޑިމާންޑާއި އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށާއި ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން މަސައްކަތް ކުރަނީ: ފޮޓޯ: ސްޓެލްކޯ

މިގޮތުން އެ މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ގާއިމްކޮށްފައިވާ ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުުރުކުމަށް، އެތަނުގައި ބަހައްޓާފައި ހުރި 630 ކޭވީއޭގެ ޓްރާންސްފޯމަރެއް އެތަނުން ނަގައި، 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް މިހާރު އެތަނުގައި ބެހެއްޓެފައިވާ ކަމަަށް އެ ކުންފުނިން މައުލޫމާތު ދެއްވެއެވެ.

މީގެ އިތުރުންވެސް މާލޭގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ކޭޓަރ ކުރުމަށް، ޑިސްޓްރިބިއުޝަން ވިއުގައިގެ ކެޕޭސިޓިީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެތެރޭ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެފައި ވެއެވެ.



More from Vaguthu