އެފްރިކާގެ ގައުމުތަކުން އެމްޕޮކްސްގައި 1،100 މީހުން މަރުވެއްޖެ

Fri, 18 Oct 2024 03:43 PM

View on this article on Vaguthu

އެފްރިކާގެ ގައުމުތަކުން އެމްޕޮކްސްގައި 1،100 މީހުން މަރުވެއްޖެ

އެފްރިކާގެ އެކި ކަންކޮޅުތަކުން ނުރައްކާތެރި ވައްތަރުގެ މަކުނު ވިދުރި (އެމްޕޮކްސް) ޖެހިގެން 1،100 އެއްހާ މީހުން މަރުވެފައިވާ ކަމަށް އެފްރިކަން ޔޫނިއަންގެ ހެލްތު އެޖެންސީން ބުނެފިއެވެ.



ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނީ ޖެނުއަރީ މަހުން ފެށިގެން އެފްރިކާއިން އެ ބަލީގެ 42،000 ވޭދަނަ ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

އަދި ޒެމްބިއާ އާއި ޒިމްބާބުވޭއިން ފުރަތަމަ ފަހަރަށް ވޭދަނަތައް ވަނީ ރިޕޯޓްކޮށްފައެވެ.

މިއާއެކު މިއަހަރު ރަސްމީކޮށް އެމްޕޮކްސް ފެނުނު އެފްރިކާގެ ގައުމުތަކުގެ އަދަދު 18 އަށް އަރާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އެފްރިކާ ސީޑީސީގެ ވެރިޔާ ޖީން ކަސޭޔާ އޮންލައިން މީޑިއާ ބްރީފިންއެއްގައި ވިދާޅުވީ ފިޔަވަޅު ނާޅައިފިނަމަ އެމްޕޮކްސް ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމަަށެވެ.

"އަޅުގަނޑު ވަރަށް ހިތާމައާއެކު ދަންނަވާލަން ޖެހެނީ އެމްޕޮކްސް ޖެހިގެން މިހާރު 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާކަން މިދިޔަ 40 ހަފްތާ ތެރޭގައި ޖުމްލަ 1،100 މީހުން އެ ބަލީގައި މަރުވެފައިވޭ."، އޭނާ ވިދާޅުވިއެވެ.

މީގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. އެ ގައުމުގައި މި ބައްޔާއި ދެކޮޅަށް ވެކްސިން ޖަހަން ވަނީ ފަށައިފައެވެ.

އެމްޕޮކްސް ބަލި 2022 ވަނަ އަހަރު 100 އަށްވުރެ ގިނަ ޤައުމުތަކަށް ފެތުރުނު ނަމަވެސް، އެންމެ ގިނައިން ފެންނަނީ މެދު އަދި ހުޅަނގު އެފްރިކާގެ ގައުމުތަކުގައެވެ. ނައިޖީރިއާ، ކޮންގޯ، ގާނާ އަދި ކެމަރޫން ފަދަ ޤައުމުތަކުގައި މި ބަލި އާންމުކޮށް ފެނެއެވެ. އެފްރިކާގެ ގިނަ ޤައުމުތަކުގައި ޞިއްޙީ ވަސީލަތްތައް މަދުވުމާއި، ވެކްސިން ލިބުން ދަތިވުމުގެ ސަބަބުން މި ބަލި ކޮންޓްރޯލްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވެއެވެ. މި ހާލަތުގައި، ޖަރުމަނުވިލާތުން ހަދިޔާކުރާ 100،000 ވެކްސިން ޑޯޒް އެފްރިކާގެ ޤައުމުތަކުގައި މި ބަލި ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެއެވެ. އަދި ޑަބްލިއުއެޗްއޯ އިން ކުރި އިލްތިމާސާ ގުޅިގެން، އެހެން ތަރައްޤީވެފައިވާ ޤައުމުތަކުންވެސް އެފްރިކާއަށް އެހީތެރިވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.



More from Vaguthu