ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ ބަނދެ ނިމިއްޖެ، މި އަހަރު ތެރޭ ރާއްޖެ ގެންނަނީ

Fri, 18 Oct 2024 05:54 PM

View on this article on Vaguthu

ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ ބަނދެ ނިމިއްޖެ، މި އަހަރު ތެރޭ ރާއްޖެ ގެންނަނީ

ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ ބަނދެ ނިމިފައިވާ ކަމަށާއި، މި އަހަރު ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.



ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވީ، އަޖުމަ ބެލުމުގެ ގޮތުން ބައިވަރު މަސައްކަތްތަކެއް ކުރެވެމުންދާއިރު، ސޯލާ ފެރީއެއް ބަނދެއް ނިމިފައިވާ ކަމަށެވެ.

"ސޯލާ ފެރީ އިރާދަކުރެއްވިއްޔާ މިހާރު ވަނީ ބަނދެ ނިމިފައި، އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރު، އެ ރާއްޖެ ގެނެވޭނެ، އެ މަސައްކަތްވެސް ވަރަށް ބާރަށް މަސައްކަތްތައް ކުރެވެމުން ދަނީ".

މީގެ އިތުރުން 4 ރަށެއްގައި ސޯލާ އެސިސްޓެޑް ކޮމިއުނިޓީ އައިސްޕްލާންޓްގެ މަސައްކަތްތައް ކުރެވެމުންދާއިރު، ދެ ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 100ކޭވީގެ ވައިން ހަކަތަ އުފައްދާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތާއި، 25 ކޭވީގެ ކަނޑުގެ އޮއިވަރުން ކަރަންޓް އުފައްދާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތާއި، 4 ރަށެއްގައި ދަނޑުވެރިކަމަށް ސޯލާ ބޭނުން ކުރުމަށް އަޖުމަ ބެލުމަށް މަސައްކަތްތަައް ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަގޭ ސޯލާ ޕްރޮގްރާމްގެ ތެރެއިން ވޭތުވެދިޔަ 9 މަސް ތެރޭގައި 76 ރަށެއްގައި 21 އެމްވީގެ ސޯލާ އިންސްޓޯލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި 10 މެގަވޯޓްއަވާގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް އިންސްޓޯލްކޮށްފައިވާއިރު، ގްރިޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، އެނާޖީ މެނޭޖްމެންޓް ސިސްޓަމްގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

އެކި މަރުހަލާގައި ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، 101 ރަށެއްގައި 164 އެމްވީގެ ސޯލާ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި 158 މެގަވޯޓްއަވާގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް މަސައްކަތް ކުރެވެމުންދާއިރު، ގްރިޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، އެނާޖީ މެނޭޖްމެންޓް ސިސްޓަމްގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ.

"އެހެންވީމަ އަހަަރަކު 175 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ވާނެ، މި ދެންނެވި ޕްރޮގްރާމް ނިމޭއިރު،". ވަޒީރު ވިދާޅުވިއެވެ.



More from Vaguthu