ރާއްޖޭގެ އިންޓަރނެޓް ގަވަރނަންސް ފޯރަމް ފަަށައިފި

Fri, 18 Oct 2024 07:44 PM

View on this article on Vaguthu

ރާއްޖޭގެ އިންޓަރނެޓް ގަވަރނަންސް ފޯރަމް ފަަށައިފި

ރާއްޖޭގައި ބާއްވާ ދެވަނަ އިންޓަރނެޓް ގަވަރނަންސް ފޯރަމް (އައިޖީއެފް) ފަށައިފިއެވެ.



މިއަދު ހަވީރު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި ފެށި މި ފޯރަމްގެ ބައިތައް މާދަމާވެސް ކުރިއަށް ދާނެއެވެ.

މި ފޯރަމް ފައްޓަވަަ ދެެއްވުމަށް ވަޑައިގެންނެވީ ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަހީދު (އަސްވާޑް)އެވެ.

މި ފޯރަމްގައި ސަރުކާރާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކާއި ތައުލީމީ ދާއިރާ އަދި ޓެކްނޯލޮޖީ ދާއިރާ ގެ މަންދޫބުން އެއްތަނަކަށް އެއްވެ ޑިޖިޓަލް ލޭންޑްސްކޭޕްގައި ހުރި ގޮންޖެހުންތަކާއި ރާއްޖެ އަދި ގްލޯބަލް ކޮމިއުނިޓީތަކުގައި ރާއްޖެއަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރާނެއެވެ.

ރާއްޖޭގެ އިންޓަނޭޓް ގަވަނެންސް ފޯރަމް ފެށުންވަގުތު އިމޭޖަސް: ހުސައިން ރިޔާޝް

މި ފޯރަމްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ހަތަރު މައުޟޫއަކީ:

1. ރާއްޖެ އަދި ދުނިޔޭގެ ބޮޑެތި މަައްސަލަތަށް ފޯކަސްކޮށްގެން ޑިޖިޓަލް އިނޮވޭޝަން ކުރިއެރުވުން.
2. ޓެކްނޮލޮޖީގެ ޛަރީޢާއިން ދިވެހި މުޖުތަމަޢުތަކަށް ބާރުވެރިކަން ދިނުން.
3. ދެމެހެއްޓެނިވި ތަރައްޤީ އަދި ޑިޖިޓަލް ގަވަރނެންސް ކުރިއެރުވުން.
4. ސައިބަރ ސެކިއުރިޓީ އަދި މަޢުލޫމާތުގެ ސައްޙަކަން ރަނގަޅުކުރުން

ޔޫއެސްއެއިޑް، ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް (އެންޑީއައި) ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ބާއްވާ މި ފޯރަމަކީ ރާއްޖޭގެ ޑިޖިޓަލް ގަވަރނަންސް ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ފޯރަމްއިން ދައްކުވައިދޭނީ ރާއްޖޭގެ ރައްއިތުންނަށް ފައިދާހުރި، ރައްކާތެރި، ހުރިހާ ރައްޔިތުން ޝާމިލްވާ، އަދި ހުރިހާ ޙާލަތަކަށްވެސް އެކަށީގެންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ތަރައްޤީކުރުމުގެ އަމާޒެވެ.

ރާއްޖޭގެ އިންޓަނޭޓް ގަވަނެންސް ފޯރަމް ފެށުންވަގުތު އިމޭޖަސް: ހުސައިން ރިޔާޝް

އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ފޯރަމްގައި މުހިންމު މައުލޫމާތުތަކެއް ހާމަކުރާއިރު، ގިނަބަޔަކަށް މި ފޯރަމްގެ މައުލޫމާތު ލިބޭގޮތަށް ބައެއް ސެޝަންތައް މޯލްޑިވްސް އައިޖީއެޕްގެ ފޭސްބުކް, ޔޫޓިއުބް އިން ލައިވްކުރާނެއެވެ.

މި ފޯރަމްގެ ބައިވެރިންނަށް ޕެނަލް ޑިސްކަޝަން، ވޯކްޝޮޕް، ލައިޓްނިންގ ޓޯކްސް، ރައުންޑް ޓޭބަލް ޑިސްކަޝަން، ހޮޓް ސީޓް، ފޯކަސް ގްރޫޕް ޑިސްކަޝަންތަކުގައި ބައިވެރިވެވޭނެއެވެ.

މިގޮތުން ފާހަގަކޮށްލެވޭ ބައެއް ސެޝަންތަކުގެ ތެރޭގައި:

އުމުރުން ދުވަސްވީ މީހުންގެ ސައިބަރ ސޭފްޓީ: އިންޓަރނެޓް އަދި ޑިޖިޓަލް ޙިދުމަތްތައް ބޭނުންކުރުމުގައި އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުން
ޑިޖިޓަލްއިޤްތިޞާދުގައި އަންހެނުން ބާރުވެރިކުރުން: ހުރި ފުރުޞަތުތަކާއި ގޮންޖެހުންތައް
ނޫސްވެރިންނަށް އޮންލައިންކޮށް ކުރާ ފުރައްސާރައާއި ގޮންޖެހުންތަކާއި ގުޅޭ މަޝްވަރާތައް
އޮންލައިން ޕްލެޓްފޯރމުތަކުން ފައިސާ ހޯދުމާއި އޭއައި އީޖާދުތަކާއި ގަވަރނެންސްގެ އެކި މައުޝޫއުތަކުގެ ސެޝަންތައް ހިމެނެއެވެ.



More from Vaguthu