މޫސުން ރަނގަޅު ވިޔަސް، މިރޭވެސް އުދަ އަރާފާނެ!

Fri, 18 Oct 2024 09:31 PM

View on this article on Vaguthu

މޫސުން ރަނގަޅު ވިޔަސް، މިރޭވެސް އުދަ އަރާފާނެ!

ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ކަަމަށް ދެއްކިޔަސް، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބަެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.



ވިއްސާރަ ދުވަސްވަރަކަށް ފަހު މޫސުން ރަނގަޅުވާން ފެށި ހިސާބުން، ފެށިގެން މެޓް އިން ވަނީ ބައެއް ރަށްތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް އަންގަމުންނެވެ.

އެގޮތުން މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހުދު ސަމާލުވެސް ނެރެފައިވާއިރު، މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް ލަފާ ކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނި 5-2 ފޫޓުގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.



More from Vaguthu