ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެވޯޑްތަކަށް ވޯޓުލުމުގެ މުއްދަތު ހަމަވަނީ

Fri, 18 Oct 2024 01:41 PM

View on this article on Vaguthu

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެވޯޑްތަކަށް ވޯޓުލުމުގެ މުއްދަތު ހަމަވަނީ

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) 2024 ގައި ވޯޓުލުމަށް ބާކީ އޮތީ އެންމެ ތިން ދުވަސް ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއްޖެއެވެ.

ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2024 ގެ ލަގަބާއެކު ޑަބްލިއުޓީއޭގެ މަޝްހޫރު ހަ އެވޯޑަކަށް ދިވެހިރާއްޖެ ވަނީ ނޮމިނޭޓްވެފައެވެ.



ރާއްޖެ ނޮމިނޭޓް ވެފައިވާ އިތުރު 5 ކެޓަގަރީގެ ތެރޭގައި "ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑް 2024"ގެ މަގާމަށް އެމްއެމްޕީއާރްސީ ވަނީ އަނެއްކާވެސް ނޮމިނޭޓްވެފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ 1993 ވަނަ އަހަރުން ފެށިގެން ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އެންމެ މަތީ ދަރަޖައިގެ ކާމިޔާބީތައް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އެވޯޑެކެވެ. ޑަބްލިޔުޓީއޭ ކާމިޔާބުކުރާ ފަރާތްތައް ހޮވަނީ މަޝްހޫރު ޓްރެވަލް ޕްރޮފެޝަނަލުންނާއި، ސިނާއަތުގެ ތަޖުރިބާކާރުންނާއި، ފަތުރުވެރިންނެވެ.

މިއީ ފަތުރުވެރިކަމުގެ ސިނާއަތް އަދި ފަތުރުވެރިންނަށް އިސްކަންދޭ އެވޯޑެކެވެ.

ރާއްޖެއިން ވަނީ ފާއިތުވި އަހަރުތަކުގައި ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން"ގެ ލަގަބު 2019 އިން 2023 އަށް ޖެހިޖެހިގެން 4 އަހަރު ކާމިޔާބުކޮށްފައެވެ. އަދި އެމްއެމްޕީއާރުސީއިން ވަނީ ޖެހިޖެހިގެން 2 އަހަރު "ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު" ގެ ޝަރަފު ވެސް ހޯދާފައެވެ.

އެހެން އަހަރު ތަކެކޭ އެއްގޮތައް މިއަހަރުވެސް ރާއްޖެއަށް ތާއީދުކޮށް ވޯޓު ދިނުމަށް ހުރިހާ ފަރާތްތަކަށް އެމްއެމްޕީއާރްސީން ވަނީ ދައުވަތު އަރުވާފައެވެ.

ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2024

ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަން 2024

ވޯލްޑް ލީޑިންގ ޑައިވް ޑެސްޓިނޭޝަން 2024

ވޯލްޑްސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން 2024

ވޯލްޑްސް ލީޑިންގ ބީޗް ޑެސްޓިނޭޝަން 2024

ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑް 2024

މި ހަ ކެޓެގަރީން ރާއްްޖެ އަށް ވޯޓު ދިނުމަށް މި ލިންކްތަކަށް ފިއްތާލައިގެން ކުރިއަށް ދެވޭނެއެވެ.



More from Vaguthu