އއ. އަތޮޅު ހޮސްޕިޓަލާއި ސިއްހީމަރުކަޒުތަކަށް ދިވެހި މެޑިކަލް އޮފިސަރުން ހޯދުމަށް އިއުލާނުކޮށްފި

Fri, 18 Oct 2024 02:08 PM

View on this article on Vaguthu

އއ. އަތޮޅު ހޮސްޕިޓަލާއި ސިއްހީމަރުކަޒުތަކަށް ދިވެހި މެޑިކަލް އޮފިސަރުން ހޯދުމަށް އިއުލާނުކޮށްފި

އއ. އަތޮޅު ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ދިވެހި މެޑިކަލް އޮފިސަރުން ހޯދުމަށް އިއުލާނުކޮށްފިއެވެ.



އެ ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ އަތޮޅު ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވަނީ ފަސް ދިވެހި މެޑިލަކް އޮފިސަރުން ކަމަށެވެ. ބޭނުންވަނީ ސީނިއާ މެޑިކަލް އޮފިސަރުންނާއި މެޑިކަލް އޮފިސަރުންގެ ރޭންކްގެ މީހުން ކަމަށެވެ.

މަގާމުގެ ކްލެސިފިކޭޝަނަނީ ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓިޝަނާ ކަމަށް ވެސް އިއުލާނުގައި ވިދާޅުވެފައިވެއެވެ.

މެޑިކަލް އޮފިސަރުންގެ ތެރޭގައި ޕަބްލިކް ސާވިސް ރޭންކްގެ ހަތެއްގެ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 18،129 ރުފިޔާ ލިބޭނެ ކަމަށާއި މަގާމުގެ އެލަވަންސްގެ ގޮތުގައި 10،382 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ވިދާޅުވެފައިވެއެވެ. އަދި ހާސިރީ އިނާޔަތުގެ ގޮތުގައި 281 ރުފިޔާ ލިބޭނެ ކަމަށެވެ.

އަދި މެޑިކަލް އޮފިސަރުންގެ ތެރޭގައި ޕަބްލިކް ސާވިސް ރޭންކްގެ ހަތެއްގެ ސަނަދު ހާސިލްކޮށް ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 20،004 ރުފިޔާ ލިބޭނެ ކަމަށާއި މަގާމުގެ އެލަވަންސްގެ ގޮތުގައި 11،456 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ވިދާޅުވެފައިވެއެވެ. އަދި ހާސިރީ އިނާޔަތުގެ ގޮތުގައި 310 ރުފިޔާ ލިބޭނެ ކަމަށެވެ.

އިއުލާނުގައި ވިދާޅުވެފައިވަނީ ހުރިހާ ލިޔެކިއުންތަކެއް ހަމަކުރުމަށް ފަހު މި މަހުގެ 21 ވަނަ ދުވަހުގެ 13:00 ކުރިން އއ. އަތޮޅު ހޮސްޕިޓަލްގެ އޮފީހަށް ފޮނުވުމަށެވެ.



More from Vaguthu