ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1،573،991 މިލިއަނަށް އަރައިފި

Fri, 18 Oct 2024 03:31 PM

View on this article on Vaguthu

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1،573،991 މިލިއަނަށް އަރައިފި

މި އަަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1573،991 މިލިއަނަށް އަރައިފިއެވެ.



އެ ވުޒާރާއިން މިއަދު އާއްމުކޮށްފައިވާ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ ދުވަހާއި ހަމައަށް ރާއްޖެއަށް 1573،991 މިލިއަން ފަތުރުވެރިން އައިސްފައި ވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާކިޔާއިރު، މި އަހަރުގެ ފަތުރުވެރިންގެ އަދަދުތަކުން 9.5 އިންސައްތައިގެ ކުރިއެެރުމެއް ހޯދާފައި ވެއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1.4 މިލިއަން ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު މަހުގެ ފުރަތަމަ 16 ދުވަހު ރާއްޖެ އައީ 81،964 ފަތުރުވެރިންނެެވެ. މިދިޔަ އަހަރު އެ މުއްދަތުގައި އައިސްފައި ވަނީ 76،172 ފަތުރުވެރިންނެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ އެއް ވަނައިގައި އޮތް ޗައިނާއިން ރާއްޖެއަށް 233،332 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިޔާއިން 172،142 ފަތުރުވެރިން އައިސްފައިވެއެވެ. އެ ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 132،338 ފަތުރުވެރިން އައިސްފައިވާއިރު، ހަތަރުވަނައިގައި އޮތް ޖަރުމަނުން ރާއްޖެއަށް އައިސްފައި ވަނީ 117،187 ފަތުރުވެރިންނެވެ.

ރާއްޖޭގައި މިހާރު 167 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 14 ހޮޓެލަކާއި، 887 ގެސްޓް ހައުސްގެ އިތުރުން، 152 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.



More from Vaguthu