ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް އެހީވުމަށް މި ހަފްތާގައި ފަސް ރަށެއްގައި ހަރަކާތްތެރިވަނީ

Fri, 18 Oct 2024 02:37 PM

View on this article on Vaguthu

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް އެހީވުމަށް މި ހަފްތާގައި ފަސް ރަށެއްގައި ހަރަކާތްތެރިވަނީ

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް އެހީވުމަށް މި ހަފްތާގައި ފަސް ރަށެއްގައި ހަރަކާތްތެރިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.



ފިޝަރީޒް މިނިސްޓްރީއިން ވިދާޅުވީ މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން މަސްވެރިންނާއި ކައުންސިލްތަކަށް މައުލޫމާތު ދިނުމަށާއި ފެސިލިޓީއަށް ހުށަހެޅުމަށް ބޭނުންވާ އޮޑިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްޑީއެފްސީ ބޭންކާއި ވުޒާރާގެ ޓީމުތައް މި ހަފްތާގައި ހަރަކާތްތެރިވާނެ ކަމަށެވެ.

އެ ޓީމުންތަކުން މި ހަފްތާގައި ހަރަކާތްތެރިވަނީ ތ. ހިރިލަންދޫ، ވޭމަންޑޫ، ޅ. ނައިފަރު, ށ. ކޮމަންޑޫ އަދި ހއ. އިހަވަންދޫގައި ކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ. އަދި އެސްޑީއެފްސީގެ ޓީމުތައް ތ. ހިރިލަންދޫ، ވޭމަންޑޫ އަދި ޅ. ނައިފަރުގައި ހަރަކާތްތެރިވާނެ ކަމަށެވެ.

އާރުއެސްޑަބްލިޔު ސިސްޓަމް ނުވަތަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ދޯނިތަކުގައި ހަރުކުރަން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި މަޝްރޫއުގެ ދަށުން 100 ދޯންޏަކަށް ލޯނު ދެވޭނެ ކަމަށް މިނިސްޓްރީއިން މީގެ ކުރިން ވިދާޅުވެއެވެ.

މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫއާ ގުޅޭގޮތުން މަސްވެރިންނާއި އޮޑިވެރިންނާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށާއި މި މަޝްރޫއުގެ ދަށުން 100 ދޯންޏެއްގައި މި ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ލޯނު ދޭނެ ކަމަށެވެ.

 



More from Vaguthu