ނެތި ދިއުމަށް ބިރު ހީވެފައިވާ ތަކެތި އެތެރެކުރާނަމަ 30،000 ރުފިޔާއިން ޖޫރިމަނާކުރަނީ

Fri, 18 Oct 2024 11:01 AM

View on this article on Vaguthu

ނެތި ދިއުމަށް ބިރު ހީވެފައިވާ ތަކެތި އެތެރެކުރާނަމަ 30،000 ރުފިޔާއިން ޖޫރިމަނާކުރަނީ

ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި އެތެރެކުރާނަމަ 30،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ހަދައިފިއެވެ.



ނެެތި ދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދަށް އިސްލާހު ގެނެސް ސަރުކާރުން ވަނީ އެ އިސްލާހު މިއަދު ގެޒެޓްގައި ޝާއިއުކޮށްފައެވެ. އެ ގެޒެޓް މިއަދު ޝާއިއުކުރުމަށް ފަހު އަމަލުކުރަން ވަނީ ފަށާފައެވެ.

އެ އިސްލާހުގައި ވިދާޅުވެފައިވަނީ ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ އެއްޗެއް ހުއްދަޔާއެކު މެނުވީ އިމްޕޯޓްކުރުމާއ،ި އެކްސްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމާއ،ި ކަނޑުން އެތެރެކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެފަދަ ދިރުމެއް އެތެރެކުރުމަށް ބޭނުންވާ ހުއްދަނެތި އެތެރެކޮށްފި ނަމ،ަ އެ އެތެރެކުރި ކޮންމެ އެއްޗަކަށް 30،000 ރުފިޔާގެ މަގުން އެ އެއްޗެއް އެތެރެކުރާ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށް ގެނައި އިސްލާހުގައި ވިދާޅުވެފައިވެއެވެ.

އަދި ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް ގާނޫނާއި ގަވާއިދުގެ ދަށުން ދޫކުރާ ހުއްދަޔާއެކު މެނުވީ އިމްޕޯޓްކުރުމާއ،ި އެކްސްޕޯޓްކުރުމާއ،ި ރީއެކްސްޕޯޓްކުރުމާއ،ި ކަނޑުން އެތެރެކުރުމަކީ ވެސް މަނާކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިސްލާހުގައި ވިދާޅުވެފައިވަނީ އެފަދަ ދިރުމެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް އެތެރެކުރުމަށް ބޭނުންވާ ހުއްދަ ނެތި އެތެރެކޮށްފި ނަމަ އެތެރެކުރި ކޮންމެ އެއްޗަކަށް 10,000 ރުފިޔާގެ މަގުނ،ް އެ އެއްޗެއް އެތެރެކުރާ ފަރާތެއް ޖޫރިމަނާކުރެވޭނެ ކަމަށެވެ.

 



More from Vaguthu