ތިމާވެއްޓާއި ރައްޓެހި ބައިސްކަލު ރާއްޖެއަށް ތައާރަފް ކުރަނީ

Fri, 18 Oct 2024 09:43 AM

View on this article on Vaguthu

ތިމާވެއްޓާއި ރައްޓެހި ބައިސްކަލު ރާއްޖެއަށް ތައާރަފް ކުރަނީ

ތިމާވެއްޓާއި ރައްޓެހި ބައިސްކަލު ރާއްޖެއަށް ތައާރަފް ކުރަން ނިންމާފައިވާ ކަަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.



ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވީ، ލޯ އެމިޝަން ޓްރާންސްޕޯޓްގެ ޕްރޮޖެކްޓްގެ ދަށުން 100 ބައިސްކަލް އެޗްޑީސީއާ ހަވާލުކޮށްގެން އެ ކުންފުނިން އެ މަސައްކަތް ކުރަމުން ގެންދާނެ ކަަމަށެވެ.

އަދި ވަރަށް އަވަހަށް މި ބައިސްކަލްތައް ގެނައުމުގެ ޕްރޮގްރާމްގައި އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ބެޓަރީ ބައިސްކަލުތަކަކީ، ސޯލާ ޗާޖިންގވެސް ހެދޭ ގޮތަށް ހުންނަ ބައިސްކަލްތަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އެކަމާއި ގުޅޭ ސިސްޓަމް ހުޅުމާލޭގައި ގާއިމް ކުރުމަށް ދިރާސާތައް ހަދާ ނިމިފައިވާއިރު، ލަސްތަކެއް ނުވެ އެ ކުންފުންޏާއެކު މި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.



More from Vaguthu