ޑޮލަރު ވިއްކާ ކަަމަށް ބުނެ ވަގު ސްލިޕެއް ފޮނުވައިގެން 28،000ރ ހޯދި މީހަކު ހައްޔަރުކޮށްފި

Fri, 18 Oct 2024 09:15 AM

View on this article on Vaguthu

ޑޮލަރު ވިއްކާ ކަަމަށް ބުނެ ވަގު ސްލިޕެއް ފޮނުވައިގެން 28،000ރ ހޯދި މީހަކު ހައްޔަރުކޮށްފި

ޑޮލަރު ވިއްކާ ކަަމަށް ބުނެ ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން 28،000ރ އަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި އުމުރުން 27 އަަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.



މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ އަށް ނިސްބަތްވާ މީހެކެވެ.

އޭނާއާ ގުޅޭ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައި ވަނީ ޑޮލަރު ވިއްކާ ކަމަށް ބުނެ ސައްހަނޫން ސްލިޕެއް ފޮނުވައިގެން 28،000 އަށްވުރެ ގިނަ ފައިސާ މަކަރާތް ހީލަތުން ހޯދާފައިވާ ކަަަމަށެވެ. އޭގެ ތެރެއިން ބައެއް ފައިސާ އޭނާ ވަނީ ރައްދުކޮށްފައެވެ.

އަދި ގެއްލުނު ލިބުނު މީހާގެ ބަޔާނުގައިވާގޮތުން އޭނާގެ އަނބިމީހާއާ އާއިލާއާ ވާހަކަދެކެވި ފައިސާ އަނބުރާ ދޭނެ ކަަމަށް އެއްބަސްވެފައިވާ ކަމަށް އެ އަމުރުގައި ވެއެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ޖަހާފައި ވަނީ 15 ދުވަހެވެ.

މަކާއި ހީލާތުން ފައިސާ ހޯދާ މައްްސަލަތައް އިތުރުވެފައިވާއިރު ވަގު ސްލިޕް ފޮނުވައިގެން އޮޅުވާލައިގެން ވިޔަފާރި ކުރަމުންދާ މައްސަލަތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވެފައިވާގޮތުގައި މިހާތަނަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވިފައިވާ ގޮތުގައި، މިގޮތަށް އޮޅުވާލައިގެން ބެންކު ޓްރާންސްފަރ ސްލިޕްތައް ފޮނުވާ ފަރާތްތަކުން ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްހަނޫން ޓްރާންސްފަރ ސްލިޕް އުފައްދައެވެ.

ހާއްސަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން މިފަދަ ސްލިޕްތައް ފޮނުވާކަން ފާހަގަކުރެވިފައިވާ ކަަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ފުލުހުން ވަނީ މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް އެދިފައެވެ.



More from Vaguthu