ދޮންފަނުގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

Wed, 16 Oct 2024 06:09 PM

View on this article on Vaguthu

ދޮންފަނުގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

ބ. ދޮންފަނު ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ފުލުހުން ގާއިމުވެ ތިބެ އެ ރަށުގައި ހިދުމަތް ދޭން ފަށައިފިއެވެ.



ދޮންފަނު ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކައުންސިލު ރައީސް އަޙްމަދު އިރުޝާދުއެވެ.

ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކައިގައި، ދޮންފަނުގެ ރައްޔިތުންގެ ހަޔާތުގައި މިއަދަކީ ވަރަށް ތާރީހީ އަދި އެހާމެ އުފާވެރި ދުވަހެއްކަމަށް ވިދާޅުވިއެވެ. އަދި މިއަދު މި ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓާއެކު، ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް ވެސް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް ޒަމާނީ ޓެކްނޮލޮޖީއާއެކު ސައިބާ ސްޕޭސްގައި ފެތުރެމުންދާ ކުށްތަކާއި ސްކޭމް މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ފުލުހުންގެ ޚިދުމަތް ގާއިމުވެގެން ދިއުމާއެކު ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން، ކުށްވިޔަ ނުދިނުމަށް މަސައްކަތްކުރުމާއި އެފަދަ ދޮރުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ

ދޮންފަނު ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ދޮންފަނު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



More from Vaguthu