ބްރޯޑްކޮމް އިން ކުރެހުމުގެ މުބާރާތެއް ކުރިއަށް ގެންދަނީ

Wed, 16 Oct 2024 04:57 PM

View on this article on Vaguthu

ބްރޯޑްކޮމް އިން ކުރެހުމުގެ މުބާރާތެއް ކުރިއަށް ގެންދަނީ

މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކުރެހުމުގެ މުބާރާތެއް ފަށައިފިއެވެ.



ބްރޮޑްކާސްޓް ޑޭ ގެ މުނާސަބަތުގައި "ވިޝަން އޮފް ދަ ފިއުޗާ"ގެ ނަމުގައި އެ ކުރެހުމުގެ މުބާރާތް ކުރިއަށް ގެންދަނީ މި މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

ބްރޮޑްކޮމްއިން ވިދާޅުވީ އެ މުބާރާތަށް ހުށަހަޅާ ކުރެހުންތައް ކުރަހަން ޖެހެނީ ހާއްސަ ތިން ތީމްއެއްގެ ދަށުން ކަމަށެވެ. އެއީ:

  • ދަ އެވޮލިއުޝަން އޮފް މީޑިއާ
  • ބްރޮޑްކާސްޓް މީޑިއާ އެންޑް ކަލްޗާ
  • ބްރޭކިން ނިއުސް

ދަ އެވޮލިއުޝަން އޮފް ދަ މީޑިއާގެ ތީމަށް ތައްޔާރުކުރާ ކުރެހުންތަކުން ދައްކުވައިދޭންޖެހޭނީ ރޭޑިއޯ ބޭނުންކުރަން ފެށި ޒަމާނުންފެށިގެން މިހާ ހިސާބަށް ބްރޮޑްކާސްޓިން ދާއިރާ ކުރިއަރާފައިވާ ގޮތް ކަމަށް ވިދާޅުވިއެވެ.

  • ބްރޮޑްކާސްޓް މީޑިއާ އެންޑް ކަލްޗާ ކުރެހުންތަކުން ދައްކުވައިދޭން ޖެހޭނީ ރާއްޖޭގެ ސަގާފަތާއި ތާރީހު ބްރޮޑްކާސްޓިން ދާއިރާގެ ދަށުން ރައްކާކުރާ ގޮތް ކަމަށާއި ބްރޭކިން ނިއުސް ތީމްގައި ދައްކުވައިދޭން ޖެހޭނީ ރައްޔިތުންނަށް އަވަސް ހަބަރު ގެނައުމުގައި ބްރޮޑްކާސްޓިން މީޑިއާގެ ދައުރުކަމަށް ބްރޮޑްކޮމްއިން ވިދާޅުވެއެވެ.

ބްރޮޑްކޮމްއިން ވިދާޅުވީ ކުރެހުން ހުންނަން ޖެހޭނީ އޭ3 ސައިޒުގައި ކަމަށާއި ކުރެހުން ކުރަހާފައި ހުންނަން ޖެހޭނީ ފަންސޫރު، ކްރެއޮންސް، މާކާސް، ވޯޓާ ކަލާސް، ޕޯސްޓާ ޕެއިންޓްސް ކަހަލަ ކުލަތަށް ބޭނުންކޮށްގެން ކަމަށެވެ.

އެ މުބާރަތް ކުރިއަށް ގެންދަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެން ކަމަށާއި އެއީ 6 އަހަރާއި 9 އަހަރާއި ދެމެދާއި 10 އަހަރާއި 13 އަހަރާއި ދެމެދާއި 14 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާ ކަމަށެވެ.

އަދި ކޮންމެ އުމުރު ފުރާއަކުން އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކުރެހުން ހުށަހަޅާއިރުގައި ނަމާއި ސްކޫލާއި އުމުރާއި އައިޑީކާޑް ކޮޕީ އާއި ނަންބަރު އަދި ތީމް ޖަހާފައި ހުށަހެޅުމަށް ބްރޮޑްކޮމްއިން ވިދާޅުވެފައިވެއެވެ. ކުރެހުން ހުށަހަޅަން ޖެހޭނީ ބްރޮޑްކޮމްގެ އިމާރާތަށް މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

 

 



More from Vaguthu