ހުޅުމާލޭގައި މަތީ ފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

Wed, 16 Oct 2024 05:00 PM

View on this article on Vaguthu

ހުޅުމާލޭގައި މަތީ ފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މަތީފަންތީގެތިން ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެޗްޑީސީން ވިދާޅުވީ މި ހޮޓެލްތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް،ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ތަރައްގީކުރާ މަތީ ފަންތީގެ ހޮޓެލްތަކެއް ކަމަށެވެ.

އެޗްޑީސީން މައުލޫމާތު ދެއްވިގޮތުގައި، އެ މަޝްރޫއު ދޫކުރުމުގައި އިސަކަންދޭނީ ލޭންޑް ލީސް މޮޑެލްއަށެވެ. ނަމަވެސް، މި ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެއެވެ.

އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއްްވައެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ވަނީ އާބަން އައިލްގައި ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީއޯއައި ހުށަހަޅަން އެދިފައެވެ. އީއައިއޯ ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected]އަށެވެ.

މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި [email protected] އީމެއިލް މެދުވެރިކޮށްވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެއެވެ.





More from Vaguthu