އެމްޓީސީސީގެ މުވައްޒަފުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ފަށައިފި

Wed, 16 Oct 2024 05:52 PM

View on this article on Vaguthu

އެމްޓީސީސީގެ މުވައްޒަފުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ފަށައިފި

އެމްޓީސީސީގެ މުވައްޒަފުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ފަށައިފިއެވެ.



މިއީ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި، ހެޑް އޮފް ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު، ހެޑް އޮފް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީޙް އަދި ހެޑް އޮފް އެވެއާނަސް އެންޑް ޕްރިވެންޝަން ޔުނިޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ދިމްހާމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަހު 15 އިން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ތަފާތު މައުލޫމާތު ހިއްސާކުރާނެއެވެ.



More from Vaguthu