ހުޅުމާލޭ ތިން ކެފޭއެއް ބަލައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

Wed, 16 Oct 2024 04:48 PM

View on this article on Vaguthu

ހުޅުމާލޭ ތިން ކެފޭއެއް ބަލައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭ ތިން ކެފޭއެއް ބަލައި ފާސްކޮށް ދެ ބިދޭސީއަކު އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.



އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީ ގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ ތިން ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.

އަދި އެތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަދެ ބިދޭސީއަކު ވަނީ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ބިދޭސީންގެ މަސައްކަތްތައް ހުއްޓުވައި ގަވައިދާ ހިލާފަށް ކުރަމުންދާ ވިޔަފާރިތައް ދަނީ ބަންދުކުރަމުންނެވެ.

އެގޮތުން އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17ވަނަ ދުވަހާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ޤައުމަށް ފޮނުވާލާފައެވެ. މިގޮތުން އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ.

 



More from Vaguthu