މާރާމާރިއެއްގައި ހިމެނޭ 5 މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

Sat, 13 Jul 2024 12:26 PM

View on this article on Vaguthu

މާރާމާރިއެއްގައި ހިމެނޭ 5 މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

މާލޭގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގި މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.



އެ މައްސަލައިގައި ހައްޔަރު ކުރީ 19 އަހަރުގެ މީހަކާއި 20 އަަހަރުގެ މީހަކާއި 23 އަަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

އެމީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ތިން މީހުންގެ ބަންދަށް ޖެހީ ފަސް ދުވަހެވެ. ބާކީ ތިބި ދެ މީހުންގެ ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެމީހުންގެ މައްޗަށް ކުރަނީ، ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތެވެ. މި އެންމެން ބަންދުން ދޫކޮށްލައިފިނަމަ, މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި މީހުންނާ ދެކޮޅަށް ފުލުހުން ކޯޓަށް ހުށަހެޅީ ފުލުހުންގެ ބަޔާނާއި އިންޓަލިޖެންސް ރިޕޯޓާއި ހާދިސާ ރިޕޯޓުގައިވާ ތަފުސީލުތަކާއި ސީސީޓީވީ ފުޓޭޖާއި އެ ފުޓޭޖުގެ ސްނެޕްޝޮޓްތަކާއި އަނިޔާ ލިބުނު ފަރާތުގެ ފޮޓޯތަކެވެ.

މާލޭގައި މި ފަހުން މާރާމާރީގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވުމަށް ފަހު، މިހާރު އެކަން އޮތީ ވަރަށް ބޮޑަށް ހުއްޓިފައެވެ.



More from Vaguthu