ޗައިނާ ދަތުރުފުޅަށްފަހު އަބްދުއްރަހީމް ރާއްޖެ ވަޑައިގެންފި

Fri, 23 Aug 2024 02:15 PM

View on this article on Vaguthu

ޗައިނާ ދަތުރުފުޅަށްފަހު އަބްދުއްރަހީމް ރާއްޖެ ވަޑައިގެންފި

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.



އަބްދުއްރަހީމް ޗައިނާއަށް ވަޑައިގެންނެވީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަބްދުއްރަހީމް ޗައިނާއިން އެނބުރިވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ، ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އާއި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލްގެ އިތުރުން ބައެއް މަޖިލިސް މެމްބަރުންނެވެ.

އަބްދުއްރަހީމް ޗައިނާ އަށް ވަޑައިގެންނެވީ "އިންޓަރރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑެވެލޮޕިންގ ކަންޓްރީސް" ގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއީ މިފަދަ ސެމިނާއެއްގައި މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި މަޖިލީހުގެ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭން ބޭރަށް ވެސް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

އަބްދުއްރަހީމުގެ އަރިހުގައި، ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ.



More from Vaguthu