ޑިމާންޑް ނެތުމުން ސީޕްްލޭން އެއާ އެމްބިއުލެންސް ކޮމާޝަލް ދަތުރުތަކަށް

Fri, 23 Aug 2024 12:34 PM

View on this article on Vaguthu

ޑިމާންޑް ނެތުމުން ސީޕްްލޭން އެއާ އެމްބިއުލެންސް ކޮމާޝަލް ދަތުރުތަކަށް

ޑިމާންޑް ނެތުމުން ސީޕްލޭން އެއާ އެމްބިއުލެންސް ކޮމާޝަލް ދަތުރުތަކަށް ނެރެފައިވާ ކަަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.



ދައުލަތުގެ މިޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ސީޕްލޭން އެއާ އެންބިއުލާންސްގެ މަސައްކަތް ފެށުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އެ ވައުދުފުޅުގައި ފުރަތަމަ އޮތީ ސީޕްލޭން ޓުއިން އޮޓޯއެއްގައި އެއާ އެންބިއުލެންސް ސާވިސް ފަށާ ގޮތަށް ކަމަށް ވިދާޅުވިއެވެ. ރައީސް އަށް ވެރިކަން ލިބިވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ އެއީ ކަމަށް ވިދާޅުވިއެވެ.

"ސީޕްލޭނެއް އެއާއެމްބިއުލެންސްއަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވަކި ހިސާބަކުން ރައީސް ނިންމަވައިފި ސީޕްލޭނަކީ ދުވާލު ދުއްވޭ އެއްޗަށް ވެފައި އޭގެ ސްޕީޑާއި ބައެއް ހާލަތްތަކުގައި ޕްރެޝަރައިޒް ކޮށްގެން ދުއްވަން ޖެހޭތީ ބައިވަރު ލިމިޓޭޝަންތައް އެބަހުރި ކަމަށް. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ޑޭޝް-8 އެއްގައި ހުރިހާ އެމަޖެންސީ އިކިއުޕްމަންޓްސް އަޅުވައިގެން އެއާ އެންބިއުލެންސްއެއްގެ ގޮތުގައި އަދި ހާއްސަ މެޑިކަލް ޓީމަކާއިއެކުގައި ތައްޔާރުކޮށްގެން 24 ގަޑިއިރު ބޭއްވުމަށް މަސައްކަތް ކުރުމަށް. އެހެންވީމަ ޑޭޝް-8 ނިކުމެގެން މަސައްކަތް ކުރަން ފެށުމުން އެންމެ ފުރަތަމަ ނިންމެވުމާއި އެއްގޮތަށް ޓުއިންއޮޓޯގައި ވެސް މިކަންތައް ކުރިއަށް ދިޔައީ." އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ވޭދުވެދިޔަ ފަސް މަހުގެ ރިކޯޑުން ދައްކާ ގޮތުގައި ހަމައެކަނި ޑޭޝް-8 މަތިންދާ ބޯޓު ބާއްވާފައި މެޑިކަލް މީހުން ބޭތިއްބުމުން އެއީ ރާއްޖެއަށް މި ވަގުތު ދައްޗެއްނެތި އެ ހިދުމަތް ދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ މާ މުއްސަދި ގައުމެއް ވެސް ނޫން. ރިސޯސަސްއެއް ދޫކޮށްލުމުގެ ބޭނުމެއް ނޯންނާނަ. އެގޮތަށް ޑޭޓާ ބެލުމުން ފާއިދުވެދިޔަ ފަސް މަސް ދުވަހަށް ބަލާއިރު އެބަހުރި އެންމެ ރިކުއެސްޓެއް ވެސް ނާދެ ސީޕްލޭނަށް. އެހެންކަމުން އަޅުގަނޑާއި ހެލެތް މިނިސްޓްރ ރައީސްއަށް ދެންނެވީ ފަސް މަހުގެ ރިކުއެސްޓަށް ބަލާފައި އިތުރު ޓުއިންއޮޓާ ބޯޓެއް އެއާ އެންބިއުލޭންސެއްގެ ގޮތުގައި ބޭއްވުމެއް ނެތް ކަމަށް." އަމީން ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ރައީސް ވިދާޅުވީ، ފަބްލިކަށް ރިކުއެސްޓެއް ނެތިއްޖެ ކަމަށްވާނަ އެ ބޯޓު ކުރިން އޮތް ގޮތަށް ކޮމާޝަލް އޮޕަރޭޝަނަށް ބޭނުން ކުރުމަށް ވަޒީރުންނަށް ފެންނަ ކަމަށްވާނަ އެއީ އެންމެ ރަނގަޅުކަމަށް ކަމަށް އަމީން ވިދާޅުވިއެވެ.



More from Vaguthu