ސައުދީ ދަތުރުފަށްފަހު ޒަމީރު ރާއްޖެ ވަޑައިގެންފި

Fri, 23 Aug 2024 02:42 PM

View on this article on Vaguthu

ސައުދީ ދަތުރުފަށްފަހު ޒަމީރު ރާއްޖެ ވަޑައިގެންފި

ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ހާޒިޖީ ވަޒީރު މޫސާ ޒަމީރު އެނބުރި ރާއްޖެއަށް ވަޑައިގެންފިއެވެ.



މިއީ އެގައުމުގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލީގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅަކަށްވާއިރު، މި ދަތުރުފުޅުގައި ޒަމީރު ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދަށް ފޮނުވި ސިޓިފުޅެއް ރައްދު ކުރައްވާފަވެއެވެ.

އެ ދަތުރުފުޅުގައި ސައުދީގެ ހާރިޖީ ވަޒީރާއެކު ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި، ދެގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ކުރިއަށް އޮތްތާނގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އޭގެ އިތުރުން ޒަމީރު ސައުދީ ސަރުކާރުގެ އިސް ބޭފުޅުންނާއި ސައޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ވެސް ބައްދަލުކުރައްވާފައިވެއެވެ. އަދި އެ ދަތުރުފުޅުގައި ޒަމީރު ވަނީ ރިޔާދުގައި ދިރިއުޅޭ ދިވެހިންނާއި ވެސް ބައްދަލު ކުރައްވާފައެވެ.

މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވި އެ ދަތުރުފުޅުގައި ޒަމީރުގެ އަރިހުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު މުނައްވަރު، އެމްބެސެޑަރ އެޓް ލާޖް އަހްމަދު ނަސީރާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، ޖޮއިންޓް ސެކްރެޓަރީ، ބަދޫރާ ސައީދު އަދި ޑައިރެކްޓަރ ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވެވަަޑައިގެންނެވިއެވެ.



More from Vaguthu