ސެންޓްރަލް ޕާކު ކައިރީ ހުންނަ ޑިސްޓްރިބިއުޝަން ފޮށިތަކުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގައިފި

Fri, 26 Apr 2024 05:49 PM

View on this article on Vaguthu

ސެންޓްރަލް ޕާކު ކައިރީ ހުންނަ ޑިސްޓްރިބިއުޝަން ފޮށިތަކުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގައިފި

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގައިފިއެވެ.



"ވެކޭޝަން އެކްސްޕޯ" ކުރިއަށް ގެންދާ ހައިރައިސް ކުންފުނީގެ ވެރިޔާ އިސްމާއިލް ހަމީދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ހުޅުމާލޭ ޕޮލިސް ސްޓޭޝަން ކުރިމަތީ ސެންޓްރަލް ޕާކު ސރަހައްދުގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުން ރޭ ވައްކަންކޮށްފައިވާ ކަމަށެވެ.

ވެކޭޝަން އެކްސްޕޯ ސެންޓްރަލް ޕާކުގައި ކުރިޔަށް ދަނިކޮށް އެ ފޮށިތަކުން ކަރަންޓު ކޭބަލްތައް ވަގަށް ނަގާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނާގޮތުން އާންމު ތަންތަނުން މިގޮތަށް ވައްކަން ކުރަމުންދާއިރު އާންމު ރައްޔިތުންގެ މުދަލާއި ގެޔާއި ގެދޮރު ވެސް ރައްކާތެރިއެއް ނޫނެވެ. ދާދި ފަހުން ވެސް ޓްރާންސްފޯމާތަކުން ވަނީ ވައްކަންކޮށްފައެވެ. އެގޮތުން މާރޗް 22 ވަނަ ދުވަހުވެސް ހުޅުމާލޭ ޓްރާންސްފޯމާ ތަކުން ވައްކަން ކުރަމުންދާތީ ހުޅުމާލޭގައި ކަރަންޓު މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.

މިދިޔަ މާރްޗްމަހު 24 ވަނަ ދުވަހު ހުޅުމާލޭ ޓްރާންސްފޯމާތަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓު ޖެހި ޒުވާނަކު ވެސް ވަނީ މަރުވެފައެވެ.

މިފަދަ މައްސަލަތައް ހުއްޓުވުމަށް ދާދި ފަހުންވެސް ސްޓެލްކޯއިން ވަނީ ވައްކަން ކޮށްގެން ވިއްކާ ތަކެތި ގަންނަ މީހުންނަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން ފުލުހުން އަދި ސްޓެލްކޯގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.



More from Vaguthu